"ހައްދުފަހަނާ އަޅާފައިވާ ބައެއްގެ ގޮތުގައި ދީނީ ޢިލްމުވެރިން ލޭބަލް ކުރުން ނަފްރަތު އުފެއްދުމަށް ނުވޭބާ؟"
ހައްދުފަހަނާ އަޅާފައިވާ ބައެއްގެ ގޮތުގައި ދީނީ ޢިލްމުވެރިން ލޭބަލްކުރުމަކީ ނަފްރަތު އުފެއްދުންކަމަށް ނުވަނީތޯ ޝައިޚް އަޙްމަދު ސަމީރު ސުވާލުއުފައްދަވައިފިއެވެ.   ޝައިޙް ސަމީރު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ "ދީނީ ޢިލްމުވެރިންގެ ނަމާއި ފޮޓޯ ޖަހާ ރިޕޯޓުތައް އާއްމުކުރަމުންދާއިރު އެކަން ނަފްރަތު އުފެއްދުމަށް ނުވަނީބާ؟ ނަފްރަތު އުފެއްދުމަށްވަނީ ވަކި ބައެއްގެ ވާހަކަ ދެއްކީމަބާ؟" މިހެންނެވެ.   ޝައިޚް ސަމީރު މިހެން ވިދާޅުވެފައިމިވަނީ މޯލްޑިވްސް ޑިމޮކްރެޓިކް ނެޓްވޯކްގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކަކީ އިސްލާމްދީނާއި ދެކޮޅަށް މަސައްކަތްކުރާ ބައެއްކަމަށް ބުނެ އެމީހުންގެ ފޮޓޯ އާއްމުކޮށް އެމީހުންނާއިމެދު ނަފްރަތު އުފެއްދުމަށް ބަޔަކު މަސައްކަތް ކުރާކަމަށްބުނެ ފުލުހުން އެ މައްސަލަ ބަލަމުންގެންދާކަން ހާމަކޮށްފައިވަނިކޮށްކަމަށެވެ.   މާތް ރަސޫލް މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަދި އިސްލާމްދީނުގެ ބައެއް ކަންކަމަށް ބަދުބަސްބުނެ އެމްޑީއެންއިން ނެރުނު ރިޕޯޓަކާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ އެ މައްސަލަ ބެލުމަށް ގޮވާލަމުންކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...