ރ. މީދޫގެ މުއައްސަސާތަކުގެ މެދުގައި ބޭއްވުނު އެސްޓީއޯ އިންޓަރ އޮފީސް ބަށި މުބާރާތުގެ ޗެމްޕިއަންކަން ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މުވައްޒަފުންގެ ޓީމުން ހޯދައިފިއެވެ.

މި މުބާރާތުގައި ވާދަކޮށްފައިވަނީ ޖުމްލަ ތިން ޓީމެކެވެ. އެއީ މީދޫ ޙެލްތު ސެންޓަރާއި ބީ.އެމް.އެލް މީދޫ ބްރާންޗު އެކުވެގެން ވާދަކުރި ޓީމް އެމް.އެޗް.ސީ އާއި ކައުންސިލް، ފެނަކަ އަދި ޕޮލިސް ގުޅިގެން ވާދަކުރި ރަސް ކަނބާ އަދި ޓީމް ރ. އޭއީސީ ޓީމެވެ.

މި މުބާރާތުގެ ފައިނަލްގައި ބައްދަލުކޮށްފައިވަނީ ތަޢުލީމީ މަރުކަޒުގެ ޓީމާއި ރަސް ކަނބާއެވެ.

އިންޓަރ އޮފީސް މުބާރާތް އަލުން ބާއްވާފައި މިވަނީ ކޮވިޑާއި ގުޅިގެން ދެ އަހަރުގެ މެދު ކެނޑުމަކަށްފަހުގައެވެ. އިންޓަރ އޮފީސް ފުޓްސަލް މުބާރާތް މި މަހުގެ20 ވަނަ ދުވަހު ފެށުމަށް ވަނީ ހަމަޖައްސާފައެވެ. މިއަހަރު މި މުބާރާތްތަށް އިންތިޒާމް ކުރަނީ މީދޫ ސިއްޙީ މަރުކަޒުގެ ރެކްރިއޭޝަން ކުލަބުންނެވެ.