އެމްޑީއެންގެ ރިޕޯޓުގައި ރަސޫލާއަށް ބަދުބަސް! ފިޔަވަޅު އަޅަން ގޮވާލާ އަޑުގަދަވަނީ!
މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓެއްގައި ރަސޫލާ މުޙައްމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމައަށް ބަދުބަސް ރައްދުވާގޮތަށް ލިޔެފައިވާތީ އެޖަމުޢިއްޔާއާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް ގިނަ ބަޔަކު ގޮވާލަން ފަށައިފިއެވެ.   ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ސޯޝަލް މީޑިޔާގައި 'ބޭން އެމް.ޑީ.އެން' ހޭޝްޓެގް ބޭނުންކޮށް ޝުޢޫރުފާޅުކުރަމުންކަން ފާހަގަކޮށްލެވެއެވެ. މީގެ ތެރޭގައި މަޝްހޫރު ދީނީ ޢިލްމުވެރިންވެސްހިމެނެއެވެ. އެމް.ޑީއެންގެ ރިޕޯޓުގައި އިސްލާމީ ހުދޫދުތަކަކީ އަނިޔާގެ ގޮތުގައި ސިފަކޮށްފައިވާއިރު އިސްރާއާއި މިޢުރާޖަށް ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމް އަރާވަޑައިގެންނެވުމަކީ ހިޔާލީ ވާހަކައެއްކަމަށްވެސް ސިފަކޮށްފައިވެއެވެ.   މީގެ އިތުރުން ދިވެޖިރާއްޖޭގައި ޣައިރު ދީންތަކުގެ މީހުންނަށް އަޅުކަން ކުރެވޭނެ ގޮތްވެސް ހަދަން ޖެހޭކަމަށް އެމްޑީއެންގެ ރިޕޯޓުގައި ބުނެފައިވެއެވެ.   އެމްޑީއެންއިން ނެރެނު ރިޕޯޓެއްގައި މިގޮތަށް ބަޔާންކޮށްފައި އޮތުމުން އެޖަމުޢިއްޔާ އުވާލުމަށްވެސް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.  
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...