ގޯލްޑެން ފުޓްސަލް ޗެލެންޖް: މުޅި ރ. އަތޮޅު އޮތީ އިނގުރައިދޫ ޓީމުގެ ފަހަތުގައި!
މިހާރު ހުޅުމާލެ ފުޓުސަލް ދަނޑުގައި ކުރިއަށްދާ ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ޒޯން ބުރުގައި މިރޭ ރ. އިނގުރައިދޫ ފުޓްސަލް ޓީމުން އޭދަފުށި ފުޓްސަލް ޓީމާ ދެކޮޅަށް ނިކުންނާނެއެވެ.   ރ. އަތޮޅު މުބާރާތުގައި ބައިވެރިވި މާކުރަތު އަދި އަލިފުށި ޓީމު ބަލިކުރުމަށްފަހު އަތޮޅު ބުރުގެ ޗެމްޕިއަންކަން ހޯދާ ޒޯން ބުރަށް ދަތުރުކުރި އިނގުރައިދޫ ޓީމަކީ ހުނަރުން ފުރިގެންވާ ގިނަ ކުޅުންތެރިތަކެއް ހިމެނޭ ޓީމެއްކަން ފާހަގަކޮށްލެވެއެވެ. މިގޮތުން ރާއްޖޭގެ ފުޓްސަލް ކިންގް އަލީ ހާފިޒް (ހާއްޕެ)އަކީވެސް އިނގުރައިދޫ ޓީމުގެ ކުޅުންތެރިއެކެވެ.   އިނގުރައިދޫން އަތޮޅު ބުރު ކާމިޔާބުކުރިއިރު ހާއްޕެ ވަނީ މޮޅު ކުޅުމެއް ދައްކާ އަތޮޅު ބުރުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާއާއި އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމުވެސް ހޯދާފައެވެ.   މިރޭ އިނގުރައިދޫ ޓީމާއި ދެކޮޅަށް ނިކުންނަ އޭދަފުށި ޓީމަކީ މިދިޔަ އަހަރުގެ މުބާރާތުގެ ސެމީ ފައިނަލްގައި ކުޅެފައިވާ ޓީމެއްކަން ފާހަގަކޮށްލެވެއެވެ. މިއަހަރުގެ މުބާރާތުގައި ބ. އަތޮޅުގެ ޗެމްޕިއަންކަން އޭދަފުށިން ހޯދާފައިވަނީ ހިތާދޫއާއި ކުޅުނު މެޗު އެއްވަރުކޮށް ތުޅާދޫ އަތުން 1-8 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.   އޭދަފުށި އަދި އިނގުރައިދޫގެ އިތުރުން ޒޯން 2 ގައި ހިމެނެނީ ނ. ހޮޅުދޫއެވެ. ހޮޅުދޫ ޒޯން ބުރަށް ކޮލިފައިވީ އަތޮޅު ބުރުގައި އެހެން އެއްވެސް ޓީމެއް ބައިވެރިވެފައިނުވާތީ އެއްވެސް މެޗެއް ނުކުޅެއެވެ.
އިނގުރައިދޫ އަދި އޭދަފުށި ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 21:15 ގައެވެ. 
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...