ހެންވޭރު ބޮޑުހުޅު: އަސަރުކުރި މަޖީދިއްޔާ ސްކޫލްގެ ކުދިންނަށް ކެޕްޓަން މޯލްޑިވްސްއިން ހިލޭ އެކްޓިވިޓީ ޔުނިފޯމް!
ސެޕްޓެމްބަރ މަހުގެ 20 ވަނަ ދުވަހު މާލޭގައި ހިނގި ހިތާމަވެރި އަލިފާނުގެ ހާދިސާގައި އަސަރުކޮށްފައިވާ މަޖީދިއްޔާ ސްކޫލް ކުދިންގެ އެކްޓިވިޓީ ޔުނިފޯމް ހިލޭ ފޯރުކޮށްދިނުމަށް ފުޅާ ދާއިރާއެއްގައި ޖާޒީ އަދި ޓީޝާޓް ހަދަމުން އަންނަ ކުންފުނި 'ކެޕްޓަން މޯލްޑިވްސް'އިން ނިންމައިފިއެވެ.   މަޖީދިއްޔާ ސްކޫލްގެ އެކްޓްވިޓީ ޔުނިފޯމް ފޯރުކޮށްދެމުން އަންނަ ކެޕްޓަން މޯލްޑިވްސްގެ ފޭސްބުކް ޕޭޖުގައިކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ބައެއް ދަރިވަރުންނަށް އެކްޓްވިޓީ ޔުނިފޯމް ބޭނުންވާކަން އެފަރާތަށް އެނގިފައިވަނީ މިއަދުކަމަށާއި އެހެންކަމަށް އެކްޓިވިޓީ ޔުނިފޯމް ހިލޭ ފޯރުކޮށްދިނުމަށް މިއަދު ނިންމާފައިވާކަމަށެވެ.   މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންވާ ފަރާތްތަކުން 7785568 އަށް ގުޅުއްވުމަށް އެ ފަރާތުން އެދިލައްވައެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...