ކިނޮޅަހުގައި ޖަނާޒާ ކޯހެއް ހިންގުމާއި ބެހޭގޮތުން ޝައިޚް އަލީ ޒާހިރާއި މަޝްވަރާ ކުރައްވައިފި
2020 ވަނަ އަހަރު ކިނޮޅަހުގައި ބްލޮކް މޯޑަށް ޖަނާޒާ ކޯހެއް ބޭއްވުމާއި ބެހޭ ގޮތުން ޤައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒްގެ ޑީން ޝައިޚް އަލީ ޒާހިރާ ބައްދަލުކޮށް ކިނޮޅަހު ކައުންސިލުން މަޝްވަރާކުރައްވައިފިއެވެ.   ސެޓްފިކެޓް ލެވެލް 3 ގެ މި ކޯސް ކުރިއަށް ގެންދިޔުމަށްޓަކާއި ވާން ޖެހޭ އެހެނިހެން ތައްޔާރީތަކާއި ގުޅޭ ގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރައްވާފައިވެއެވެ. މި ކޯސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އިނގުރައިދޫ ދާއިރާ އަދި މަޑުއްވަރީ ދާއިރާގެ ރަށްތަކުގެ ދިރިއުޅޭ ރައްޔިތުންނަށްވެސް ހުޅުވާލައިގެންކަން ފާހަގަކޮށްލެވެއެވެ.   ކިނޮޅަހު ކައުންސިލްގެ މެމްބަރު އަންނަނީ މާލެ ވަޑައިގެން ގިނަ މުއައްސަސާތަކުގެ ވެރިންނާއި ބައްދަލުކުރައްވާ ކަންކަމުގައި މަޝްވަރާ ކުރަމުންކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...