ރ. އިނގުރައިދޫގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމު ކުރަނީ
ރ. އިނގުރައިދޫގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމުކުރުމަށް އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފިއެވެ.   މި މަޝްރޫޢުގެ ކޮންޓްރެކްޓުގައި ސޮއިކުރައްވާފައިވަނީ އިއްޔެ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ކުރިއަށްދިޔަ ހާއްސަ ބައްދަލުވުމެއްގައެވެ.    މި މަޝްރޫޢުގެ ކޮންޓްރެކްޓުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާރމަނަންޓް ސެކެރެޓަރީ އަލްފާޞިލާ ޒީނިޔާ އަޙްމަދު ހަމީދެވެ. އަދި އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު އަލްފާޟިލް ހުސެއިން ތަސްމީންއެވެ.   ރ. އިނގުރައިދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫޢުއަކީ 33،995،525 ރުފިޔާ ޙަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...