ރައީސުލްޖުމުހޫރިއްޔާގެ ނައިބު ރ. ކިނޮޅަހު ކައުންސިލާ ބައްދަލުކުރައްވައިފި
ރައީސުލްޖުމުހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ރ. ކިނޮޅަހު ކައުންސިލް މެމްބަރުންނާއި ބައްދަލުކުރައްވައިފިއެވެ.   މިއަދު ހެނދުނު ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގައި ކުރިއަށްގެންދިޔަ މި ބައްދަލުކުރެއްވުމުގައި ކިނޮޅަހުގެ ތަރައްޤީއަށް ބޭނުންވާ މުހިއްމުކަންތައްތަކާއިމެދު ނައިބު ރައީސްއާއި މަޝްވަރާކުރައްވާފައިވެއެވެ.   މިގޮތުން މި ބައްދަލުވުމުގައި ކައުންސިލުން ފާހަގަކުރެއްވި ބައެއްކަންކަމުގެ ތެރޭގައި ކިނޮޅަހުގައި ތަރައްޤީ ކުރަމުން އަންނަ "އިބްނު ބަތޫތާ މަންޒިލް"ގެ މަޝްރޫޢުއާއި ރަށުގެ ތަރައްޤީއަށާއި އާއްމު ހާލަތު ރަނގަޅު ކުރުމަށް ކުރެވެމުން އަންނަ ބައެއްކަންތައްތައް ހިމެނެއެވެ.   ކިނޮޅަހު ކައުންސިލުންވަނީ މީގެ ކުރިން ރައީސުލްޖުމުހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިހާއިވެސް ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން ގިނަ ވުޒާރާތަކެއްގެ އިސްވެރިންނާއިވެސް ބައްދަލުކުރައްވާފައިވާކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...