މީދޫ ޕްރީ ސްކޫލްގެ ސްޕޯޓްސް ފެސްޓިވަލް ކުރިއަށްގެންގޮސްފި
މީދޫ ޕްރީ ސްކޫލްގެ ކުދިންގެ މެދުގައި ސްޕޯޓްސް ފެސްޓިވަލެއް ކުރިއަށް ގެންގޮސްފިއެވެ.   މި ފެސްޓިވަލްގައި ކުދިންނާއި ގުޅޭ ތަފާތު ކުޅިވަރުތައް ކުރިއަށް ގެންގޮސްފައިވާނެމަށް މީދޫ ޕްރީ ސްކޫލުން މަޢުލޫމާތުދެއެވެ. މީގެ އިތުރުން ޕްރީ ސްކޫލްގެ ބެލެނިވެރިންނަށް ހާއްސަކޮށްގެންވެސް މި ފެސްޓިވަލްގެ ތެރެއިން ކުޅިވަރުތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.    މީގެ އިތުރުން މި ފެސްޓިވަލް ނިންމާލުމުގެ ގޮތުން ކުދިންނަށް އުފާކޮށްލުމަށްޓަކައި ޕޫލްތަކެއް ބަހައްޓާ ފެނާއި ކުޅުމުގެ ފުރުސަތުވެސް ފަހިކޮށްދީފައިވާކަން ފާހަގަކޮށްލެވެއެވެ.  
ޕްރީ ސްކޫލްގެ ސްޕޯރޓްސް ފެސްޓިވަލްގެ ތެރެއިން
މި ފަދަ ފެސްޓިވަލްއެއް ކުރިއަށް ގެންދިޔުމުގެ މައިގަނޑު މަޤުސަދަކީ ކުދިންގެ ކިޔެވުމުގެ ތެރެއުން ކުޅިވަރުގެ ރޫޙު އާލާކޮށް ހުރިހާ ކުދިން އެއްކޮށް ގުޅިގެން އުޅެން ދަސްކޮށްދިނުންކަމަށް މީދޫ ޕްރީ ސްކޫލުން މަޢުލޫމާތުދެއެވެ. ޕްރީ ސްކޫލްގައި ކިޔަވާ ކުދިންގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ޕްރީ ސްކޫލްގެ މުވައްޒަފުން އަންނަނީ ކުދިންނަށް ތަފާތު ފުރުސަތުތައް ފަހިކޮށްދެމުންކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...