މަޖިލިސް އިންތިހާބުގައި ޕީ.ޕީ.އެމް/ޕީ.އެން.ސީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް މިއަދު ބޭއްވި ޕްރައިމަރީ، އަޙްމަދު ޒާހިރު ކާމިޔާބުކޮށްފިއެވެ.

Ad

މިހާތަނަށް ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު އަޙްމަދު ޒާހިރު އުޅެނީ ވާދަވެރި ކެންޑިޑޭޓުންނަށްވުރެ ކުރީގައެވެ. މީދޫ ފޮށިން އަޙްމަދު ޒާހިރުއަށް ވަނީ 378 ވޯޓު ލިބިފައެވެ. ހަމައެއާއެކު މާލެ ފޮށިން އަޙްމަދު ޒާހިރުއަށް 98 ވޯޓު ލިބިފައިވާއިރު، މަޑުއްވަރީ ފޮށިން ލިބިފައިވަނީ 24 ވޯޓެވެ.

އަޙްމަދު ޒާހިރާ އެންމެ ގާތުން ވާދަކުރި އަބްދުﷲ ޖާމިޢުއަށް ލިބިފައިވަނީ 153 ވޯޓެވެ.