ރ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ހިތުގެ ދުވަސް ފާހަގަކުރީ ހިތްގައިމު ހިތަކުން!
މިއަދު ދުނިޔޭގައި ފާހަގަކުރަމުން އަންނަ ބައިނަލްއަޤުވާމީ ހިތުގެ ދުވަސް ރ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ފާހަގަކޮށްފިއެވެ.   ހިތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި ހާއްސަ އެސެމްބްލީއެއް ބޭއްވުމާއި ދުވަހާއި ގުޅޭ ފޮޓޯ ފްރޭމެއްގައި ފޮޓޯ ނެގުމުގެ އިތުރުން ކަސްރަތު ކުރުމުގެ ހަރަކާތެއް ކުރިއަށް ގެންދިޔަކަން ފާހަގަކޮށްލެވެއެވެ.   މީގެ އިތުރުން މަރުކަޒުގެ ހުރިހާ ދަރިވަރުންނާއި ޓީޗަރުން ބައިވެރިވެގެން 'ހިތެއް' ސިފަވާނެހެން ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގޯތިތެރޭގައި ހާއްސަ ފޮޓޯއެއް ނަގާފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...