މީދޫ ސިއްޙީ މަރުކަޒުގެ ފަރާތުން ކޮންމެ އަންގާރަ ދުވަހަކު ގޭގެއަށް ޒިޔާރަތް ކުރަނީ!
މީދޫ ސިއްޙީ މަރުކަޒުން ކުރިއަށް ގެންދާ ވެކްޓަރ ބޯން ޑިޒީޒް ކޮންޓްރޯލް ޕްރޮގުރާމްގެ ދަށުން ސަރުކާރު ބަންދު ފިޔަވާ ކޮންމެ އަންގާރަ ދުވަހަކު މީދޫ ސިއްޙީ މަރުކަޒުން ގޭގެއަށް ޒިޔާރަތްކުރާ ގޮތަށް ހަމަޖައްސައިފިއެވެ.   މި ޕްރޮގުރާމް އަންގާރަ ދުވަހު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާތީ ސިއްޙީ މަރުކަޒުގެ ޕަބްލިކް ހެލްތް ޔުނިޓުން އަންގާރަ ދުވަހު ދެމުން ގެންދާ ހިދުމަތްތައް މެދުކެނޑޭނެކަމަށް އެ މަރުކަޒުން މިއަދުކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވެއެވެ.   ގޭގެއަށް ޒިޔާރަތް ކުރުމަށް ފެށުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރ މަހުގެ 1 ވާ އަންގާރަ ދުވަހުއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...