އާންމުން ހޭލުންތެރިކުރުމުގެ 3 ހަރަކާތެއް އުއްމީދުން ކުރިއަށްގެންގޮސްފި
ޔުނައިޓެޑް ފޮރ މައި މީދޫ ޔޫތު ޑިވެލޮޕްމެންޓް (އުއްމީދު)ން  އާންމުން ހޭލުންތެރިކުރުވުމުގެ 3 ޕްރޮގްރާމެއް މި ހަފްތާބަންދުގައި ކުރިއަށްގެންގޮސްފިއެވެ.    އެގޮތުން ހަލާލު ވިޔަފާރިއާއި ގުޅޭގޮތުން އައްޝައިޚް ޢަބްދުލްހާދީ ޙުސައިންގެ ދަރުހެއް މިދިޔަ ބުރާސްފަތިދުވަހުގެ ޢަޞްރުނަމާދަށްފަހު ރ. މީދޫ މަސްޖިދުއްޛިއްނޫރައިނީގައިވަނީ ކުރިއަށްގެންގޮސްފައެވެ.   އޭގެއިތުރުން ބުރާސްފަތި ދުވަހުގެރޭ ރ. މީދޫ ސަރުކާރު މުއައްސަސާތަކުގެ މުވައްޒަފުންނަށް ޕެންޝަން ސްކީމުގެ ޝަރީޢާ ޕޯރޓްފޯލިޔޯއާއިބެހޭ މައުލޫމާތުދިނުމުގެ ސެޝަނެއްވެސް ކުރިއަށްގެންގޮސްފައިވެއެވެ. މި ސެޝަންގައި މުވައްޒަފުންގެ ޕެންޝަން ސްކީމް ޝަރީއާ ކޮމްޕްލަޔަންޓް ޕޯޓްފޯލިޔޯއަށް ބަދަލުކުރުމަށް ފުރަންޖެހޭ ފޯމުފުރުންވެސް ކުރިއަށްގެންގޮސްފައިވެއެވެ.   ތިންވަނަ ހަރަކާތެއްގެގޮތުގައި އިސްލާމިކް ފައިނޭންސަށް އާންމުން ހޭލުންތެރިކުރުމުގެގޮތުން ބީއެމްއެލް އިސްލާމިކާއި އުއްމީދު ގުޅިގެން ކުރިއަށްގެންދިޔަ އިސްލާމިކް ފައިނޭންސިންގ ވޯކްޝޮޕަށްވެސް އާންމުންގެ ބޮޑު ތަރުހީބެއް ލިބިގެންދިޔަކަމަށް އުއްމީދުގެ ރައީސް ޢަލީ ރަޝީދު މައުލޫމާތުދެއްވިއެވެ. މި ވޯކްޝޮޕުގައި ޖުމްލަ 35 ފަރާތަކުން ބައިވެރިވިއެވެ. މި ވޯކްޝޮޕްގައި އިސްލާމިކް ފައިނޭންސިންގެ ތާރީޚާއި، ރިބާގެ ނުރައްކާތެރިކަމާއި ވިޔަފާރިއާއި ގުޅުންހުރި މުހިއްމު މައުލޫމާތުތަކެއް ބައިވެރިންނަށް ފޯރުކޮށްދެވުނުކަމަށް އުއްމީދުން މައުލޫމާތުދެއްވިއެވެ. މި ވޯކްޝޮޕް ނަންގވައިދެއްވީ ބީއެމްއެލް އިސްލާމިކްގެ ބިޒްނަސް މެނޭޖަރ އަހުމަދު ރިޒާއާއި ޝަރީޢާގެ ބޭފުޅެއްކަމުގައިވާ ޝައިޚް ޢަބްދުލްހާދީ ޙުސައިނެވެ.   މި 3 ޕްރޮގްރާމް ކުރިއަށްގެންދިޔުމުގައި ބީއެމްއެލް އިސްލާމިކްގެ ފަރާތުން، ޚާއްޞަގޮތެއްގައި މިހަރަކާތްތައް ފެސިލިޓޭޓްކޮށްދެއްވި 2 ބޭފުޅުންނަށް އުއްމީދުގެ ނަމުގައި ޝުކުރުއަދާކުރާކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިހަރަކާތް ރާވާ ކުރިއަށްގެންދިޔުމުގައި ބީއެމްއެލް މީދޫ ބްރާންޗްގެ އިންޗާޖް ޢަބްދުއްސަލާމް އިބްރާހީމްގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަމަށް އެފަރާތަށްވެސް ރައީސް ޝުކުރު އަދާކުރެއްވިއެވެ. އަދި ޕްރޮގްރާމްތައް ކުރިއަށްގެންދިޔުމުގައި ރ. އަތޮޅު ތައުލީމީ މަރުކަޒާއި ރަށުގެ އެހެނިހެން މުއައްސަސާތަކުނެ ވެދެއްވި އެހީތެރިކަމަށް އެ މުއައްސަސާތަކަށްވެސް ރައީސް ޝުކުރުއަދާކުރެއްވިއެވެ.    މި3 ޕްރޮގްރާމް ކުރިއަށްގެންދިޔުމުގައި އެހީތެރިކަން ފޯރުކޮށްދެއްވި ބީއެމްއެލް އިސްލާމިކްގެ ވެރިންނަށާއި ޙާއްސަގޮތެއްގައި
ސެޝަންތައް ނަންގަވައިދެއްވި2 ބޭފުޅުންނަށް އުއްމީދު ޖަމިއްޔާއިން ޝުކުރު އަދާކުރައްވައެވެ. މީގެއިތުރުންބޭންކް އޮފް
މޯލްޑީވްސް ރ. މީދޫ ބްރާންޗްގެ ފަރާތުން މި ޕްރޮގްރާމް ކުރިއަށްގެންދިޔުމުގައި ވެދެއްވި އެހީތެރިކަމަށް އެ ބްރާންޗްގެ އިންޗާޖް 
ޢަބްދުއްސަލާމް އިބްރާހީމަށްވެސް އުއްމީދުގެ ފަރާތުން ޝުކުރު އަދާކުރައްވައެވެ. އަދި މިޕްރޮގްރާމްތައް ކުރިއަށްގެންދިޔުމުގައި
 ރ. އަތޮޅު ތައުލީމީ މަރުކަޒާއި ރ. މީދޫގެ ސަރުކާރު މުއައްސަސާތަކުން ދެއްވި އެހީތެރިކަމަށްވެސް ޝުކުރު އަދާކުރާކަމަށް ޢަލީ 
ރަޝީދު ވިދާޅުވިއެވެ.   
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...