ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީ.ޕީ.އެމް/ޕީ.އެން.ސީގެ ފަރާތުން ވާދަ ކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީ މާދަމާ އޮންނާނެއެވެ.

މި ޕްރައިމަރީގައި މަޑުއްވަރީ ދައިރާގެ ޓިކެޓު ހޯދުމަށް ޖުމްލަ ހަ ކެންޑިޑޭޓުން ވާދަކުރާއިރު، މަޑުއްވަރީ ދާއިރާއިން 1346 މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބިފައިވެއެވެ. އެއީ މީދޫއިން 880 މީހުންނާއި މަޑުއްވަރީއިން 446 މީހުންނެވެ.

Ad

މި އިންތިހާބުގައި މަޑުއްވަރީ ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓުންނަކީ އަޙްމަދު ޒާހިރު، އަބްދުﷲ ޖާމިޢު، އިސްމާޢިލް ޞާލިހު، އަންވަރު އިބްރާހިމް، އިސްޙާޤު އަޙްމަދު އަދި ޠާހާ ހުސައިންއެވެ.

ޕްރައިމަރީގެ ވޯޓުލުން މާދަމާ ހެނދުނު 10 ޖަހާއިރު ފެށުމަށް ހަމަޖެހިފައިވާއިރު ހަވީރު 5 ޖަހަންދެން ވޯޓުލުން ކުރިއަށްދާނެއެވެ. މި ޕްރައިމަރީގައި ވޯޓުލުމަށް މީދޫގައި އެއް ވޯޓު ފޮށި، މަޑުއްވަރީގައި އެއް ވޯޓު ފޮށި އަދި މާލޭގައިވެސް ވޯޓު ފޮއްޓެއް ބަހައްޓާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރައިމަރީގެ އަދާހަމަ މީދޫ ޓައިމްސްއިން މާދަމާ ގެނެސްދެމުން ދާނެއެވެ.