ފުނަދޫ ސްކޫލުގެ މުވައްޒަފުން ރ. އަތޮޅު ތައުލީމީ މަރުކަޒަށް ޒިޔާރަތްކޮށްފި
ށ. ފުނަދޫ ސްކޫލުގެ މުވައްޒަފުން ރ. އަތޮޅު ތައުލީމީ މަރުކަޒަށް ޒިޔާރަތްކޮށްފިއެވެ.   މިދިޔަ ބުރާސްފަތިދުވަހު ކުރި މި ޒިޔާރަތުގައި ށ. ފުނަދޫ ސްކޫލުގެ 40 މުވައްޒަފުން ބައިވެރިވިކަމަށް މީދޫ ޓައިމްސްއަށް މައުލޫމާތުލިބިފައިވެއެވެ. މި ދަތުރަކީ ފުނަދޫ ސްކޫލުގެ ޓީޗަރުންގެ މިއަހަރުގެ އެންމެ ފަހު ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ދުވަހާއި ގުޅުވައިގެން ރ. އަތޮޅު ތައުލީމީ މަރުކަޒުގެ ކިޔަވައިދިނުމާއި ގުޅުންހުރި ކަންކަން އޮބްޒާވްކުރުމަށް ކުރެވުނު ދަތުރެއްކަމަށް މީދޫ ޓައިމްސްއަށް މައުލޫމާތުދެއްވަމުން ރ. އަތޮޅު ތައުލީމީ މަރުކަޒުގެ ލީޑިންގ ޓީޗަރ ޢަބްދުﷲ ޝިހާމް މައުލޫމާތުދެއްވިއެވެ.    ޝިހާމް އިތުރަށް ވިދާޅުވިގޮތުގައި މިދަތުރުގެ ސަބަބުން ދެ ސްކޫލުގެ ދެމެދުގައި ކުރިއަށްވުރެވެސް ގާތްގުޅުމެއް އުފެދިއްޖެކަމަށާއި އަދި  ދެ ސްކޫލުގައިވެސް ހުރި ރަނގަޅު ކަންކަން ހިއްސާކުރެވި މިކަމުގެ ސަބަބުން ދެ ސްކޫލަށްވެސް ފައިދާތަކެއް ކުރާނެކަމަށްވެސް ޝިހާމް ވިދާޅުވިއެވެ.    މިދަތުރުގައި ފުނަދޫ ސްކޫލުގެ ޓީޗަރުންވަނީ ރ. އަތޮޅު ތައުލީމީ މަރުކަޒުގެ ކްލާސްތަކުގެ ކިޔަވައިދިނުން ކުރިއަށްދާގޮތް ބަލާ، އެކިއެކި މާއްދާތަކުގެ ޓީޗަރުންނާ ބައްދަލުކޮށް މައުލޫމާތު ހޯދާފައެވެ. އަދި ދެ ސްކޫލޫގެ މެނޭޖްމެންޓުގެ ބޭފުޅުންވެސްވަނީ ބައްދަލުވުމެއް ބާއްވާފައެވެ. މީގެއިތުރުން ދެ ސްކޫލުގެ ޕީޓީއޭގެ އިސްވެރިންވެސް ބައްދަލުކޮށްފައިވާކަމަށް މީދޫ ޓައިމްސްއަށް މައުލޫމާތުލިބިފައިވެއެވެ. 

 
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...