ރ. މީދޫގައި އިސްލާމިކް ފައިނޭންސިންގ ވޯކްޝޮޕެއް ކުރިއަށް ގެންދަނީ
ޔުނައިޓެޑް ފޮރ މައި މީދޫ ޔޫތު ޑިވެލޮޕްމެންޓު (އުއްމީދު) ން އިންތިޒާމްކޮށްގެން ރ. މީދޫގައި އިސްލާމިކް ފައިނޭންސިންގ ވޯކްޝޮޕެއް ކުރިއަށް ގެންދިޔުމަށް ނިންމައިފިއެވެ.    އުއްމީދު ޖަމްޢިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި މިމަހުގެ 26 އަދި 27 ގައި ކުރިއަށްގެންދާ މި ވޯކްޝޮޕްގައި އިސްލާމިކް ފައިނޭންސްގެ ތައާރަފާއި އޭގެ ބައިތަކުގެ އިތުރުން ވިޔަފާރި ފައިދާއާއި ރިބާގެ ތަފާތުގެ މައްޗަށްވެސް އަލިއަޅުވާލާނެއެެވެ. މީގެއިތުރުން ބޭންކް އޮފް މޯލްޑިވްސްގެ އިސްލާމިކް ފައިނޭންސްގައި ހުރި ފުރުސަތުތުތަކުގެ މައުލޫމާތުވެސް ބައިވެރިންނަށް ލިބިގެންދާނެކަމަށް އުއްމީދުން މައުލޫމާތުދެއެވެ.    ޖުމްލަ 5 ގަޑިއިރަށް ކުރިއަށް ގެންދާ މި ވޯކްޝޮޕް ނަންގަވައިދެއްވާނީ އިސްލާމިކް ފައިނޭންސް ދާއިރާއިން މަތީ ތައުލީމު ހާސިލްކުރައްވައިގެން ހުންނެވި އަލްއުސްތާޛް ޢަބްދުލްހާދީ ޙުސައިނެވެ.    އަންހެން އަދި ފިރިހެން ބޭފުޅުންނަށްވެސް ބައިވެރިވެވޭ މި ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލެވިފައެވެ. ބައިވެރިވާން ބޭނުންފުޅުވާ ބޭފުޅުންގެ ނަމާއި ފޯނު ނަންބަރު ޖެއްސެވުމަށްފަހު 9767770 ނަންބަރު ފޯނަށް އެސްއެމްއެސް ކުރެއްވުމުން ވޯކްޝޮޕްގައި ބައިވެރިވެވޭނެކަމަށް އުއްމީދުން މައުލޫމާތުދެއެވެ. 
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...