ރ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން މަންތާ ފެސްޓިވަލްގައި ބައިވެރިވެއްޖެ
މަންތާ ޓްރަސްޓްއިން އިސްނަގައިގެން ބ. އޭދަފުށީގައި މިއަދު ކުރިއަށްގެންދިޔަ ބ. މަންތާ ފެސްޓިވަލްގައި ރ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ބައިވެރިވެއްޖެއެވެ.   މިއަދުގެ ހަރަކާތުގައި ރ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 9 އަދި 11 ގެ 18 ދަރިވަރަކާއި 4 ޓީޗަރުން ބައިވެރިވެފައިވާކަމަށް މީދޫ ޓައިމްސްއަށް މައުލޫމާތު ލިބިފައިވެއެވެ. މި ހަރަކާތުގައި ބައިވެރިވި ދަރިވަރުން އޭދަފުށްޓަށް ދަތުރުކޮށްފައިވަނީ މިއަދު ހެނދުނު 8:45ގައެވެ. އަދި ފެސްޓިވަލްގައި ރ. އަތޮޅު ތައުލީމީ މަރުކަޒުގެ ޓީމުގެ ހަރަކާތްތައް ނިންމާލުމަށްފަހު އެނބުރީ މީދޫއަށް އައިސްފައިވަނީ މިއަދު އިރުއޮއްސި 6:30ގައެވެ.   މިއަދުގެ މިހަރަކާތަކީ ވަަރަށް ކާމިޔާބު ހަރަކާތެއްކަމަށާއި ދަރިވަރުންނަށް ވަރަށް ގިނަ އައު ކަންތައްތަކެއް ދަސްވެ ގިނަ ތަޖުރިބާތަކެއްވެސް މިދަތުރުން ލިބުނުކަމަށް ރ. އަތޮޅު ތައުލީމީ މަރުކަޒުން މައުލޫމާތުދެއްވައެވެ. މިގޮތުން ރ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން މި ފެސްޓިވަލްގެ ލައިވް އާރޓްގައި ބައިވެރިވެ އެކުދިންގެ ހުނަރު ދައްކާލާފައިވާކަމަށާއި އަދި އޭގެއިތުރުން އެކިއެކި ރިސޯޓުތަކުގެ ސްޓޯލްތަކަށް ޒިޔާރަތްކޮށް އެ ސްޓޯލްތަކުގައި ތައްޔާރުކޮށްފައިވާ އެކިއެކި ހަރަކާތްތަކުގައިވެސް ކުދިން ބައިވެރިވިކަމަށް މރ. އަތޮޅު ތައުލީމީ މަރުކަޒުން މީދޫ ޓައިމްސްއަށް މައުލޫމާތުދެއްވިއެވެ. 

މިއަދުގެ ފެސްޓިވަލްގައި ރ. އަތޮޅު ތައުލީމީ މަރުކަޒުގެ ޓީމަށް ބ. އަތޮޅު ތައުލީމީ މަރުކަޒާއި މި ހަރަކާތް އިންތިޒާމްކުރި ފަރާތުން ވެދެއްވި އެހީތެރިކަމަށް އެފަރާތްތަކަށޤ ރ. އަޮޅު ތައުލީމީ މަރުކަޒުން ޝުކުރުއަދާކުރައްވައެވެ.   މި ފެސްޓިވަލްގައި ބ. އަތޮޅުގެ ގިނަ ސްކޫލުތަކަކުން ބައިވެރިވެފައިވެއެވެ. 
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...