ރ. މީދޫ ފުޓްސަލް ދަނޑުގެ ޓާފް ބަދަލު ކުރުމަށް، އާ ޓާފް އެޅުމަށް ބޭނުންވާ ތަކެތި ސަޕްލައި ކުރުމަށް ބެސްޓް ސާރކަލްއާއި ހަވާލުކޮށްފިއެވެ.

މި މަސައްކަތް ބެސްޓު ސާރކަލްއާއި ހަވާލުކޮށް އެއްބަސްވުމުގައި ސޮއި ކުރީ މިއަދު މީދޫ ކައުންސިލް އިދާރާގައެވެ. މި މަސައްކަތް އެ ފަރާތާއި ހަވާލުކުރީ 445،986 ރުފިޔާއަށް 30 ދުވަސްތެރޭ ތަކެތި ސަޕްލައިކޮށްދޭ ގޮތަށެވެ.

އއ

ދަނޑުގައި ޓާފް އެޅުމަށް ހަމަޖެހިފައިވާ ގޮތް ދައްކުވައިދޭ ކުރެހުމެއް

މީދޫ ކައުންސިލުން މަޢުލޫމާތުދޭ ގޮތުގައި ދަނޑުގެ ޓާފް ބަދަލުކުރާއިރު، ދަނޑުގެ ޕިޗުގެ ބޭރުން އިންނަ ބައިގައި ރަތް ކުލައިގެ ޓާފް އެޅިގެންދާނެއެވެ. މީދޫ ފުޓްސަލް ދަނޑަކީ ރައީސް ޔާމީންގެ ދައުރުގައި މީދޫގައި ތަރައްޤީ ކުރި ދަނޑެކެވެ.