ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 'ދަޢުވާ ޗެލެންޖު' ފަށައިފި
ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހައުސް ތަކުގެ މެދުގައި ބާއްވާ އިންޓަރ ހައުސް ދަޢުވާ ޗެލެންޖު ފަށައިފިއެވެ.   ދީނީ އެކިކަހަލަ ހުށައެޅުންތަކާއިއެކު ހައުސްތަކުގެ މެދުގައި ކުރިއަށް ގެންދާ މި މުބާރާތް ރޭ ފަށާފައިވާއިރު ރޭ ހުށައެޅުން ހުށައަޅައިދީފައިވަނީ ކާނި ހައުސްއިންނެވެ. ކާނި ހައުސްއިން ހުށައަޅައިދިނީ 'ވަގުތު' މަޢުޟޫއުއަށެވެ.   މި މުބާރާތުގައި މިރޭ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ނިކަ ހައުސްގެ ހުށައެޅުމެވެ. ނިކަ ހައުސްއިން މަޢުޟޫއުއަކަށް ކަނޑައަޅާފައިވަނީ 'ޞަދަޤާތެވެ.' މުބާރާތުގައި ފަހު ހުށައެޅުން މާދަމާ ރޭ އޮންނައިރު މާދަމާ ރޭ ފުނަ ހައުސްއިން ހުށައަޅައިދިނުމަށް ހަމަޖެހިފައިވަނީ 'ހަސަދަ' މި މަޢުޟޫއުއަށެވެ.   މި މުބާރާތް ކުރިއަށްދަނީ ކޮންމެ ރެއަކުވެސް ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލްގައެވެ. މި މުބާރާތުގެ ހުށައެޅުންތައް ބެލުމަށް ވަޑައިގަންވާ ފަރާތްތަކަށް ކޮންމެ ރެއަކުވެސް ހައުސްތަކުން އަންނަނީ ލަކީޑްރޯއިން އެކި ކަހަލަ އިނާމްތައް ދެމުންނެވެ.   ދަޢުވާ ޗެލެންޖަކީ 2017 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ރ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ކުރިއަށް ގެންދާ މުބާރާތެއްކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...