އޯލެވެލްގެ ގަދަ 10 ގައި ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 4 ދަރިވަރުން!
2018 ވަނަ އަހަރު އޯލެވެލްގެ ގަދަ ދިހައެއްގައި ރ. އަތޮޅު ތަޢުލީމީ މަރުކަޒުން ތަޢުލީމް ހާޞިލްކުރި 4 ދަރިވަރަކު ހިމެނިއްޖެއެވެ.   އޯލެވެލް އިމްތިހާން ހެދި ދަރިވަރުންގެ ތެރެއިން ގަދަ 10 ގައި ހިމެނުނު ދަރިވަރުންނަށް ރޭ ދަރުބާރުގޭގައި ކުރިއަށްދިޔަ ރަސްމިއްޔާތުގައިވަނީ އިނާމާ ހަނދާނީ ލިޔުން އަރުވާފައެވެ. މިދިޔަ އަހަރު ރ. އަތޮޅު ތަޢުލީމީ މަރުކަޒުން އޯލެވެލް ހެދި ދަރިވަރުންގެ ތެރެއިން ގަދަ ދިހައެއްގައި ހިމެނިފައިވަނީ އިޔާން އަބްދުލް ޢަޒީޒް، ޒީން ފިރާޤް އަލީ، ޝައްމާހް ސަޢީދު އަދި އާހިލް އަބްދުﷲއެވެ.   އިޔާން އަދި ޝައްމާހް 4 ވަނައިގައި ހިމެނުނުއިރު ޒީން ހިމެނިފައިވަނީ 6 ވަނައިގައެވެ. އަދި އާހިލް ހިމެނިފައިވަނީ 9 ވަނައިގައެވެ. މިދިޔަ އަހަރު އޯލެވެލް އިމްތިހާން ހެދި 6000 އަށްވުރެ ގިނަ ދަރިވަރުންގެ ތެރެއިން 404 ދަރިވަރުންވަނީ ގަދަ ދިހައެއްގައި ހިމެނިފައެވެ.   ރ. މީދޫއަށް ނިސްބަރްވާ 4 ދަރިވަރުން ހޯދި ފަޙުރުވެރި ކާމިޔާބީއަށް މީދޫ ޓައިމްސްއިން މަރުހަބާ ދަންނަވަމެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...