މީދޫގައި ޢަރަބި ސެޓްފިކެޓް ލެވެލް 1ގެ ކޯހެއް ފަށައިފި
އީފިއަސް ކޮލިގިއޭޓާއި އިޤްރައު ޤުރުއާނާއި ގުޅިގެން މީދޫގައި ޢަރަބި ސެޓްފިކެޓް ލެވެލް 1 ގެ ކޯހެއް ފަށައިފިއެވެ.   ރޭ ފެށި މި ކޯހުގައި ޖުމްލަ 23 ބައިވެރިން ބައިވެރިވެފައިވެއެވެ. އެމް.ކިޔު.އޭއިން ޤަބޫލްކުރާ ސެޓްފިކެޓެއް ދޭ މި ކޯހުގައި ކިޔަވައިދެއްވަނީ ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝައިޚް އާދަމް ޝަމީމްއެވެ. މި ކޯސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ބްލޮކް މޯޑަށް ތިން މަސް ދުވަހަށް ބަހާލައިގެންނެވެ.   މި ކޯހުގެ ކިޔެވުން ކުރިއަށްދަނީ އިޤްރައު ޤުރުއާން ކުލާހުގައެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...