ރ. އަތޮޅުގެ ރަށްތަކުގައި މަސައްކަތް ކުރުމަށް ސަތޭކައަށްވުރެ ގިނަ ސިއްޙީ ހިދުމަތްތެރިން ހޯދުމަށް ރ. އުނގޫފާރު ހޮސްޕިޓަލުން އިޢުލާންކޮށްފިއެވެ.

ރ. އުނގޫފާރު ހޮސްޕިޓަލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ރ. އަތޮޅުގެ ސިއްޙީ ހިދުމަތްދޭ މަރުކަޒުތަކުގައި މަސައްކަތް ކުރުމަށް 72 ނަރުހުންނާއި، 30 މެޑިކަލް އޮފިސަރުންނާއި 23 ޑޮކްޓަރުން ބޭނުންވާ ކަމަށެވެ. މި ވަޒީފާތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން މި މަހުގެ ވިހި ވަނަ ދުވަހުގެ ކުރިން އުނގޫފާރު ހޮސްޕިޓަލަށް ލިޔުން ހުށައެޅުމަށް އެ އިޢުލާނުގައި އެދިފައިވެއެވެ.

ދާދިފަހުން ރައީސުލްޖުމުހޫރިއްޔާ ވަނީ ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ބޯޑު އެކުލަވާލައި، ރ. އަތޮޅުގެ ހުރިހާ ސިއްޙީ ހިދުމަތްދޭ މަރުކަޒުތައް އެ ބޯޑުގެ ދަށަށް ވަނީ ބަދަލުކޮށްފައެވެ.