ވަގުތުން: ރިޔާސީ އިންތިޚާބު2018ގެ މީދޫ ޓައިމްސް ގެ ލައިވް ކަވަރޭޖް...
00:18 | އިބޫ އިންތިޚާބު ކާމިޔާބު ކުރައްވައިފި!!!މަރުހަބާ އިދިކޮޅު ކޯލިޝަން! އިދިކޮޅު ކޯލިޝަނުން ރިޔާސީ އިނތިހާބަށް ވާދަކުރެއްވި އިބްރާހިމް މުހައްމަދު ޞާލިޙު، އިބޫ ކާމިޔާބު ކުރައްވައިފިއެވެ. އިބޫ އިންތިޚާބު ކާމިޔާބުކުރެއްވީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން   ޢަބްދުލްޤައްޔޫމާއި ވާދަކުރައްވާ.  

ވޯޓުގެ ބޮޑު ބައެއް މިހާރު ލިބިފައިވާއިރު އިބޫ އުޅުއްވަނީ ރައީސް ޔާމީނަށްވުރެ ބޮޑުތަނުން ކުރީގައެވެ. އެހެންކަމުން  މިހާރު ނުގުނާ ހުރި ފޮށިތަކުގެ ޖުމްލައަށްވުރެ އިބޫއާއި ރައީސް ޔާމީންގެ ދެމެދުގައިވާ ފަރަގު ބޮޑުވެފައިވާތީވެ އެ  ފޮށިތަކުގެ ސަބަބުން މުޅި ވޯޓުގެ ނަތީޖާއަށް އަސަރުކުރާނެކަމަކަމަކަށް ނުބެލެވެއެވެ. 

މިއާއެކު އިބޫ ވެގެންދާނީ ރާއްޖެތެރެއަށް ނިސްބަތްވާ ފުރަތަމ ރައީސްއަށެވެ. 


22:25 | މީދޫގައި ބެހެއްޓިފައިވާ 2 ފޮށީގެ ވަގުތީ ނަތީޖާއިން ކެންޑިޑޭޓް ނަމްބަރު 1 އަށް ލިބިފައިވަނީ 674 ވޯޓް އަދި ކެންޑިޑޭޓް ނަމްބަރު 2 އަށް ލިބިފައިވަނީ 483 ވޯޓް. ބާތިލް 12 ވޯޓް.

22:50 | ވަގުތީ ނަތީޖާ ދައްކާގޮތުން މީދޫގައި ބަހައްޓާފައިވާ 1 ނަމްބަރު ވޯޓް ފޮށިން ކެންޑިޑޭޓް ނަމްބަރު 1 އަށް ލިބިފައިވަނީ 344 ވޯޓް. އަދި ކެންޑިޑޭޓް ނަމްބަރު 2 އަށް ލިބިފައިވަނީ 285 ވޯޓް. ބާތިލް 7 ވޯޓް.

22:00 | ވަގުތީ ނަތީޖާ ދައްކާގޮތުން މީދޫގައި ބަހައްޓާފައިވާ 2 ނަމްބަރު ވޯޓް ފޮށިން ކެންޑިޑޭޓް ނަމްބަރު 1 އަށް ލިބިފައިވަނީ 330 ވޯޓް. އަދި ކެންޑިޑޭޓް ނަމްބަރު 2 އަށް ލިބިފައިވަނީ 198 ވޯޓް. ބާތިލް 5 ވޯޓް.

21:29 | މަޑުއްވަރީ ދާއިރާގެ ފޮށްޓައް ވޯޓުލުމުގެ ޙައްޤު ލިބިގެންވަނީ 463 މީހުނަށް. ޖުމްލަ ވޯޓްލާފައިވަނީ 424 މީހުން. 184 ފިރިހެނުން އަދި 240 އަންހެނުން ވޯޓް ލާފައިވޭ. ޖުމްލަ 424 މީހުން ވޯޓްލާފައިވޭ.

21:25 | މާލޭގައި ބެހެއްޓިފަިވާ ފޮށީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ކެންޑިޑޭޓް ނަމްބަރު 1 އަށް ލިބިފައިވަނީ 164 ވޯޓް. ކެންޑިޑޭޓް ނަަމްބަރު 2 އަށް 254 ވޯޓް ލިބިފައިވޭ. އަދި ބާތިލް 6 ވޯޓް.

20:53 | ވަގުތީ ނަތީޖާ ދައްކާގޮތުން މީދޫގައި ބެހެއްޓިފައިވާ 2 ނަމްބަރު ފޮށީގައި ވަނީ ބާތިލް 5 ވޯޓް.

20:49 | ވަގުތީ ނަތީޖާ ދައްކާގޮތުން މީދޫގައި ބެހެއްޓިފައިވާ 1 ނަމްބަރު ފޮށީގައި ވަނީ ބާތިލް 7 ވޯޓް.

20:36 | 1 ނަމްބަރު ފޮށީގެ ކަރުދާސް ދައްކަން ފަށައިފި.

20:32 | މީދޫ 2 ނަމްބަރު ފޮށީގެ ކަރުދާސް ގުނައި، މިހާރު ކުރިޔަށް ދަނީ އާއްމުނަށް ދެއްކުން.

20:25 | ދެފޮށީގެ ވޯޓް ގުނުންވެސް މީދޫ ޓައިމްސްގެ ފޭސްބުކް ޕޭޖުން މިހާރު ލައިވް ކުރަމުން އެބަދޭ.

20:05 | ވޯޓް ކަރުދާސް ގުނަމުންދާ ވަގުތުގައިވެ މޮނީޓަރުން ފިޔަވާ އެހެން ފަރާތްތަކަށް ފޯން ވެއްދުމަކީ މަނާކަމެއް. އެހެން ނަމަވެސް 1 ނަމްބަރު ފޮށީގެ ގުނާ ސަރަހައްދުގައިވާ އެންމެންވެސް ފޯނު ވައްދާފައިވޭ.

19:59 | އާންމު އުސޫލުަގައިވާ ގޮތުން މޮނިޓަރުން ފިޔަވާ އެހެންބަޔަކަށް ވޯޓްލާ މަރުކަޒަކަށް ފޯން ވެއްދުމަކީ މަނާކަމެއް. 

19:58 | 2 ފޮށީގެވެސް އަދި ކުރިޔަށްދަނީ ވޯޓް ކަރުދާސް ވަަކިކުރުމާއި ސްކޭން ކުރުމުގެ މަސައްކަތް.

19:38 | މިހާރު ކުރިޔަށަަނީ ވޯޓް ކަރުދާސްތައް ވަކިކުރުމުގެ މަސައްކަތް.

19:30 | ދެފޮށީގެ ވޯޓް ގުނުން ފަށައިފި.

19:29 | އާއްމުންގެ ގިނަބަޔަކު ވޯޓް ގުނާތަނަށް ހާޒިރުވަމުން އެބަދޭ.

19:20 | ދެފޮށީގެވެސް ވޯޓް ގުނުމަށްވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އެބަދޭ.

19:06 | މާލޭގައި ބެހެއްޓިފައިވާ ފޮށިވެސް ބަންދުކޮށްފި.

19:02 | ރ. މީދޫގައި ބެހެއްޓިފައިހުރި 2 ވޯޓުފޮށިވެސް ބަންދު ކޮށްފި

18:52 | ވޯޓު ފޮށިތައް ބަންދުކުރަން ބާކީ 8 މިނެޓު. ވޯޓު ގުނަމުންދާ މަރުކަޒުގެ ލައިވް ވީޑިޔޯ މީދޫ ޓައިމްސްގެ ޕޭޖުން ގެނެސްދެވޭނެ. 

18:51 | މާލޭގެ ވޯޓު ފޮށްޓަށް ދާދި ދެންމެއަކު 2 މީހަކު ވޯޓު ލައިފި. މިހާރު ޖުމްލަ 429 މީހަކު މި ފޮށްޓަށް ވޯޓު ލައިފި. ބާކީ 39 މީހުން އަދި ވޯޓު ނުލާ އެބަހުރި.

18:30 | މާލޭގައި ބެހެއްޓިފައިވާ މަޑުއްވަރީ ދާއިރާގެ ފޮށްޓައް މިހާތަނަށް 421 މީހުން ވޯޓްލާފައިވޭ. 

18:10 | މީދޫގައި ބެހެއްޓިފައިވާ 1 ނަމްބަރު ވޯޓް ފޮށްޓައް މިހާތަނަށް 633 މީހުން ވޯޓްލާފައިވޭ. އެއީ 351 ފިރިހެނުންނާއި 282 އަންހެނުން.

18:00 | މީދޫގައި ބެހެއްޓިފައިވާ 2 ނަމްބަރު ވޯޓް ފޮށްޓައް 18:00 ނިޔަަލަށް ވޯޓްލާފައިވަނީ ޖުމްލަ 531 މީހުން. އެގޮތުން 244 އަންހެނުންނާއި 287 ފިރިހެނުން މިފޮށްޓައް މިހާތަަނަށް ވޯޓްލާފައިވޭ.

17:08 | މީދޫ 1 ނަމްބަރު ވޯޓް ފޮށްޓައް މިހާތަނަށް 627 މީހުން ވޯޓްލާފައިވޭ. ބާކީ 87 ވޯޓްނުލާ އެބަތިބި.

17:00 | މާލޭގައި ބެހެއްޓިފައިވާ މަޑުއްވަރީ ދާއިރާގެ ފޮށްޓައް މިހާތަނަށް 417 މީހުން ވޯޓް ލާފައިވޭ. އަދި ވޯޓް ލުމަށް މިވަގުތު ކިޔުގައި އެއްވެސް މީހަކު ނެތް. 

16:30 | މާލޭގައި ބަހައްޓާފައިވާ މަޑުއްވަރީ ދާއިރާގެ ފޮޮށްޓައް މިހާތަަނަށް 382 މީހުން ވޯޓް ލާފައިވޭ. އޭގެ ތެރޭގައި ހިމެނެނީ 160 ފިރިހެނުންނާއި 222 އަންހެނުން. ބާކީ 81 މީހުން ވޯޓްނުލާ އެބަތިބި.

16:30 | މީދޫ 2 ނަަމްބަރު ވޯޓް ފޮށްޓައް މިހާތަނަށް 523 މީހުން ވޯޓްލާފައިވޭ.

16:08 | މީދޫ 2 ނަމްބަރު ވޯޓް ފޮށްޓައް 16:00 ހަަމަޔަށް 504 މީހުން ވޯޓްލާފައިވޭ. އެއީ 265 ފިރިހެނުންނާއި 239 އަންހެނުން.

16:06 | 16:00 ހަމައަށް މީދޫ 1 ނަމްބަރު ވޯޓް ފޮށްޓައް 619 މީހުން ވޯޓުލާފައިވޭ. އެއީ 279 އަންހެންނާއި 340 ފިރިހެނުން.

15:45 | 1 ނަމްބަރު ފޮށްޓަށް 600 މީހުން ވޯޓްލައިފި.

15:40 | ވޯޓުލުން މިރޭ 19:00 ޖަހަންދެން ކުރިޔަށްދާނެ ކަމަށް އިލެކްޝަން ކޮމިޝަނުުުން އަންގައިފި.

15:38 | މީދޫ ދެ ނަމްބަރު ވޯޓް ފޮއްޓަށް 471 މީހުން މިހާތަނަށް ވޯޓްލާފައިވޭ.

15:26 | މީދޫ 1 ނަމްބަރު ފޮށްޓައް މިހާތަނަށް 575 ވޯޓް ލާފައިވޭ.

15:25 | މިހާރު ހަމަޖެހިފައިވާގޮތުން 16:00 ގައި ކިޔު ބަންދު ނުވާނެކަމަށް އީސީއިން އަންގައިިފި.

15:10 | މާލޭގައި ބެހެއްޓިފައިވާ މަޑުއްވަރީ ދާއިރާގެ ފޮށްޓައް މިހާތަނަށް 300 މީހުން ވޯޓް ލާފައިވޭ.



15:05 | ވޯޓުލާ ނިމެން ގަޑިއިރެއްހާއިރު އޮތް ނަމަވެސް ވޯޓް ނުލާ 300އެއްހާ މީހުން އަދި އެބަ އުޅޭ.

14:29 | މީދޫ 2 ނަމްބަރު ވޯޓްލުމަށް ހަދާފައިވާ ކިޔޫ ވަރަށް ކުޑަވެއްޖެ.

14:16 | ރ. މީދޫގައި ބެހެއްޓިފައިވާ 2 ނަންބަރު ވޯޓު ފޮށްޓަށް މިހާތަނަށް ވޯޓުލާފައިވަނީ 380 މީހުން އެއީ 183 ފިރިހެނުންނާއި 197 އަންހެނުން. މިފޮށްޓަށް ވޯޓު ނުލާ އުޅެނީ 200 މީހުން.



14:12 | ރ. މީދޫގައި ބެހެއްޓިފައިވާ 1 ނަންބަރު ފޮށްޓަށް މިވަގުތާއި ހަމަޔަށް 482 މީހުން ވޯޓުލާފައިވޭ. އެއީ 253 ފިރިހެނުންނާއި  229 އަންހެނުން. މިފޮށްޓަށް ވޯޓުނުލާ އުޅެނީ 232 މީހުން

14:10 | މާލޭގައި ބެހެއްޓިފައިވާ މީދޫ އަދި މަޑުއްވަރީ ރައްޔިތުން ވޯޓުލާ ފޮށްޓަށް މިހާތަނަށް 249 މީހުން ވޯޓުލާފައިވޭ. އެއީ 115 ފިރިހެނުންނާއި 134 އަންހެނުން

13:13 | 2 ނަމަބަރު ފޮށްޓައް މިހާތަނަށް 287 މީހުން ވޯޓްލާފައިވޭ

12:55 | މާލޭގައި ހުރި ފޮށްޓައް މިހާތަނަށް 150 މީހުން ވޯޓްލާފައިވޭ.

12:45 | އަދިވެސް ގިނަ އަދަދެއްގެ ބަޔަކު ކިޔޫގައި އެބަތިބި

12:21 | އައިޑީ ކާޑްގައި އިން އެޑްރެސް ލިސްޓާއި ދިމާނުވިކަމުގައިވިޔަސް އައިޑީ ކާޑް ފިޔަވާ ޞައްހަ އެހެން އެއްޗެއް ނެތްނަމަ ވޯޓް ލެވޭނެކަމަށް އީސީ އިން މައުލޫމާތުދޭ.

12:15 | 1 ނަމްބަރު ވޯޓް ފޮށްޓައް މިހާތަނަށް 324 މީހުން ވޯޓްލާފައިވޭ

12:05 | 2 ނަމްބަރ ވޯޓް ފޮށްޓައް މިހާތަނަށް 230 ވޯޓުލާފައިވޭ

11:45 | ވޯޓްލުން ކުރިޔަށްދާތާ 4 ގަޑިއިރު ވާން ކައިރިވެފައިވީއިރުވެސް އެއްވެސް ފޮށްޓެއް ކައިރީ ކިއުކުޑަ ވެފައިވާކަން ފާހަގައެއް ނުވޭ.

11:41 | މިިހާތަނަށް 1 ނަމްބަރު ވޯޓް ފޮށްޓައް 295 މީހުން ވޯޓް ލާފައިވޭ.

11:40 | މިހާތަނަށް 2 ނަމްބަރު ފޮށްޓައް 200 މީހުން ވޯޓްލާފައިވޭ.

11:25  މިއަދު ކުރިއަށް ދާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ޖުމްލަ އަދަދަކީ 262،135. މިއީ އެންމެ ފަހުގެ އިންތިހާބަށް ވުރެ 22،970 އިތުރު އަދަދެއް.

11:20 މިހާތަނަށް 2 ނަމްބަރު ވޯޓް ފޮށްޓައް 180 މީހުން ވޯޓުލާފައިވޭ

10:59 ހޯލް އިމާރާތުގައި ބެހެއްުޓިފައިވާ ފޮށްޓައް މިހާތަނަށް 225 މީހުން ވޯޓްލާފައިވޭ

10:43 މާލޭގައި ބެހެއްޓިފައިވާ ފޮށްޓައް މިހާތަނަށް 86 މީހުން ވޯޓްލާފައިވޭ.

10:25 2 ނަމްބަރު ވޯޓް ފޮށީގައި ބޭނުން ކުރަމުންއައި ޓެބްލެޓަށް ދިމާވި މައްސަލައަކާއި ގުޅިގެން ޓެބްލެޓް ބޭނުން ކުރުން ހުއްޓާލައިފި.

10:20 މިހާތަނަށް 1 ނަމްބަރު ވޯޓް ފޮށްޓައް 167 މީހުން ވޯޓްލާފައިވޭ


10:08 މާލޭގައި ބެހެއްޓިފައިވާ ފޮށްޓައް 70 މީހުން ވޯޓް ލައިފި.

10:01 މިހާތަނަށް 2 ނަމްބަރު ވޯޓް ފޮށްޓައް ވޯޓްލާފައިވަނީ 100 މީހުން

10:00 ގިނަ އަދަދެއްގެ ބަޔަކު 2 ނަމްބަރު ވޯޓު ފޮށްޓައް ވޯޓުލުމަށް ކިޔޫގައި އެބަތިބި.

09:17 މީދޫ ދެ ނަމްބަރު ވޯޓުފޮށި ބެހެއްޓިފައިވަނީ ތައުލީމީ މަރުކަޒުގެ ޓީޗަރ ރިސޯސް ސެންޓަރުގައި. މިފޮށްޓަށް ވޯޓުލާނީ ރ. މީދޫ އަމީނީމަގުގެ އުތުރުފަރާތުގެ ގެތަކުގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތައް. 

09:16 މީދޫ 2 ނަމްބަރު ވޯޓުލާފައިވަނީ 60 މީހުން

09:15 މީދޫ 1 ނަމްބަރު ވޯޓް ފޮށްޓައް 100 މީހުން ވޯޓުލައިފި.


08:50 މާލޭގައި ބެހެއްޓެެވިފައިވާ ފޮށި ބެހެއްޓިފައިވަނީ ޖަމާލުއްދީން ސުކޫލް ރަތްދެބައި މަގުން 1 ނަންބަރު ގޭޓުން ވަދެގެން ދާއިރު 13 ނަމްބަރު ކުލާހުގައި.

08:48 މާލޭގައި ބެހެއްޓިފަިވާ ފޮށްޓައް ވޯޓުލާން ފަށާފައިވަނީ 08:30 ގައި.

08:35 1 ނަމްބަރު ވޯޓު ފޮށި ބެހެއްޓިފައިވަނީ ތައުލީމީ މަރުކަޒުގެ ހޯލުގައި. މިފޮށްޓައް ވޯޓްލާނީ ރ.މީދޫގެ އަމީނީ މަގުގެ ދެކުނު ފަރާތުގެ ގެތަކުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް.

08:31 މި އިންތިހާބުގައި މީދޫގެ ދެ ވޯޓު ފޮށިވެސް ބަހައްޓާފައިވަނީ ރ. އަތޮޅު ތައުލީމީ މަރުކަޒުގައި.

08:25 މީދޫގެ ދެ ފޮށްޓަށް ވޯޓުލުމަށް ގިނަ އަދަދެއްގެ ބަޔަކު ކިޔޫގައި އެބަތިބި.

08:20 މާލޭގައި ބެހެއްޓިފައިވާ މީދޫގެ ފޮށްޓައް ވޯޓުލުމަށް 194 މީހުން ރަޖިސްޓްރީ ކޮށްފައިވޭ.

08:10 މީދޫ 1 ނަމްބަރު ވޯޓު ފޮށްޓައް ވޯޓުލުމަށް އެހެނިހެން ރަށްރަށުން 141 މީހުން ރަޖިސްޓްރީ ވެފައިވޭ. 

08:00 2 ފޮށްޓައް ވޯޓުލާން ފަށައިފި.

07:42 2 ނަމްބަރު ވޯޓުފޮށި ކަނޑައިފި. މި ފޮށްޓަށް ވޯޓް ލެވެނީ 580 މީހުންނަށް. ވޯޓު ކަރުދާހުގެ އަދަދު 585.

07:36 | 1 ނަމްބަރު ވޯޓުލުމުގެ ޙައްގު ލިބިގެންވަނީ 714 މީހުން. އަދި ވޯޓު ކަރުދާހުގެ އަދަދު 721

07:30 1 ނަމްބަރު ވޯޓު ދައްކާ ސިޓީ އުރަ ކަނޑާ، ވޯޓު ކަރުދާހުގެ އަދަދު ގުނަމުންދަނީ.

07:26 މީދޫ1 ނަމްބަރު ވޯޓު ފޮށީގެ ޓެބްލެޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން އިލެކްޝަންގެ ލަފަޔާއި އެކު 1 ނަމްބަރު ވޯޓު ފޮށިީގައި ޓެބްލެޓް ބޭނުން ނުކުރަން ނިންމައިފި.

07:24 މީދޫ ދެ ވޯޓު ފޮށީގެ ސިޓީއުރަ ނަމްބަރު 1 ކަނޑައިފި.

07:05 ރިޔާސީ އިންތިޚާބު 2018 ގެ މީދޫ ޓައިމްސްގެ ލައިވް ކަވަރޭޖަށް އެންމެހާ ބޭފުޅުންނަށް މަރުހަބާ މި އިންތިޚާބުގައި ޖުމްލަ 261235 މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބިފައިވޭ.       
07:13 ވޯޓުލުމަށް ކިޔޫގައި
07: 40 ވޯޓުލުމަށް ކިޔޫގައި
މީދު 2 ނަމްބަރު ވޯޓް ފޮށި.
08:04 މީދޫ 2 ނަމްބަރު ވޯޓުފޮށްޓައް ޥޯޓުލާން ފެށުން
08:45 ވޯޓުލާ މަރުކަޒު ދޮށުގައި ގިނަބަޔަކު ހަރަކާތްރެތިވަނީ
09:09 ވޯޓުލުން ކުރިޔަށްދަނީ
09:25 ވޯޓުލުމާއި ގުޅިގެން ޝަކުވާ ހުށައަޅަނީ
10:30 މާލޭ ވޯޓް ފޮށްޓައް ވޯޓްލުމަށް ކިޔޫ ހަދާފައި
10:45 ރިޔާސީ އިންތިޙާބް 2018
11:07 2 ނަންބަރު ވޯޓް ފޮށްޓައް ވޯޓް ލުމަށް ކިޔޫ ހަދާފައި
ރިޔާސީ އިންތިޙާބް 2018 11:40
11:45 ރިޔާސީ އިންތިހާބް 2018
12:57 ވޯޓްލުން ކުރިޔަށްދަނީ
13:20 2 ނަމްބަރު ވޯޓް ފޮށްޓައް ވޯޓްލުމަށްހަދާފައިވާ ކިޔޫ
14:40 މީދޫ ކައުންސިލްގެ ރައީސް ވޯޓްލަނީ
14:44 ވޯޓްލުން ކުރިޔަށްދަނީ
15:15 މާލޭގައި ވޯޓްލުން ކުރިޔަށްދަނީ
15:33 ވޯޓްލުން ކުރިޔަށްދަނީ
16:25 މީދޫ 2 ނަމްބަރު ވޯޓްފޮށިގެ ކިޔު އެންކޮށް ހުސްވެއްޖެ.
18:40 ވޯޓްލާ މަރުކަޒު ފަޅަށް
19:08 މީދޫ 1 ނަމްބަރު ފޮށި ބަންދުކޮށްފައި
19:08 މީދޫ 2 ނަމްބަރު ވޯޓް ފޮށި ބަންދުކޮށްފައި
19:10 މާލޭގައި ބެހެއްޓިފައިވާ ފޮށި ބަންދުކޮށްފައި
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
...