ރައީސް ސޯލިޙް އަނަސްގެ އާއިލާއާއި ރައްޓެހިންނާއި ބައްދަލުކުރައްވައިފި
2017 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ އަނިޔާވެރިކޮށް މަރާލެވުނު ރ. މީދޫ ފެންފިޔާޒުގެ މުޙައްމަދު އަނަސްގެ އާއިލާއާއި ރައްޓެހިންނާއި ރައީސް އިބްރާހިމް މުޙައްމަދު ޞާލިހް ބައްދަލުކުރައްވައިފިއެވެ.   ރައީސް ސޯލިހް އަނަސްގެ އާއިލާއާއި ރައްޠެރހިންނާއި ބައްދަލުކުރައްވާފައިވަނީ މިއަދު މީދޫއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ހަވާސާގެ ތެރެއިންނެވެ. މި ބައްދަލުވުމުގައި އަނަސްގެ މައްސަލައިގައި ކޮމިޝަނުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ބައެއް މަޢުލުމާތު ރައީސް ސޯލިހްވަނީ ހިއްސާކުރައްވާފައެވެ.   އެގޮތުން އަނަސްގެ މައްސަލައިގެ ތަހުގީގެ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން ކުރަމުން އަންނަކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އެގޮތުން މިހާރު މައްސަލައިގައި ހިމެނޭ އެންމެ މީހެއްގެ ބަޔާން ފިޔަވާ ހުރިހާ އެންމެންގެ ބަޔާންވެސް ކޮމިޝަނުން ނަގާފައިވާކަމަށް ރައީސް ސޯލިލް ވިދާޅުވިއެވެ.   އަނަސްގެ މައްސަލައިގެ ރިޕޯޓް ވަރަށް އަވަހަށް ނިންމާ މިހާރު ރިލްވާންގެ މައްސަލަ ކުރިއަށް ގެންދާ ގޮތަށް ކުރިއަށް ގެންދާނެކަމުގެ ޔަޤީންކަންވެސް ރައީސް ސޯލިހްވަނީ މި ބައްދަލުވުމުގައި އަނަސްގެ އާއިލާގެ މެމްބަރުންނަށް ދެއްވާފައެވެ.   މީގެ އިތުރުން ޤާނޫނަށް ބަދަލުގެނެސްގެން ނަމަވެސް އިންސާފު ހޯދައިދިނުމަށް ކުރެވެންހުރި ހުރިހާކަމެއް ކުރައްވާނެކަމަށް ރައީސް ސޯލިހް މި ބައްދަލުވުމުގައި ވިދާޅުވެފައިވެއެވެ.   އަނަސް މަރާލިތާ 2 އަހަރުވެފައިވާއިރު އިންސާފު ނުލިބި ލަސްވާތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ. އަނަސްގެ މަރަށް މި ސަރުކާރުން އިންސާފު ހޯދައިދޭނެކަމަށް ރައީސް ސޯލިހުގެ ރިޔާސީ ކެމްޕެއިންގެ ތެރެއިން ނައިބު ރައީސް ފައިސަލް ނަސީމް މީދޫއަށް ކުރެއްވި ދަތުރުފުޅުގައިވެސްވަނީ ވަޢުވެވަޑައިގެންފައެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...