މުބާރާތުގެ ޗެމްޕިއަންކަން ބުންވަރު އެފްސީ ހޯދައިފި!
އެމްއީސީ ފުޓްސަލް ފިއެސްޓާ 2019 ގެ ޗެމްޕިއަންކަން ބުންވަރު އެފްސީ ހޯދައިފިއެވެ.   ރޭ ކުޅެވުނު ފައިނަލް މެޗު ހަވާސްއާއި ވާދަކޮށް ބުންވަރު ކާމިޔާބުކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު 2 – 2 ގެ ނަތީޖާއިން ދެ ޓީމް އެއްވަރުވެފައިވުމުން، ނަތީޖާ ނެރުމަށްޖެހި ޕެނަލްޓީން 3 – 2 ގެ ނަތީޖާއަކުން ކާމިޔާބުކުރުމަށްފަހުއެވެ. ރޭގެ މެޗުގައި ހަވާސް އެސްސީ ކާމިޔާބުކުރި 2 ގޯލް ކާމިޔާބުކޮށްދިނީ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ނާޖިހު މުޙައްމަދެވެ. ބުންވަރުގެ ގޯލްތައް ކާމިޔާބުކޮށްދިނީ އަޙުމަދު ހުސައިން އަދި ސާޖިދު ރަޝީދެވެ. ޕެނަލްޓީގައި ހަވާސް އެސްސީ ނާކާމިޔާބުވީ ލަޔާން އަލީގެ ޕެނަލްޓީއެވެ. ހަވާސްއަށް ދެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ އަޙުމަދު އައިހަމް އަދި މުޙައްމަދު އާސިފެވެ . ބުންވަރު އެފްސީގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ އަޙުމަދު ހުސައިން، މުޙައަމަދު ފަރުހާން އަދި ސާޖިދު ރަޝީދެވެ.   ފައިނަލް މެޗައްފަހުވަނީ މުބާރާތުގެ އެކި މަޤާމްތަކަށް ހޮވުނު ކުޅުންތެރިން ހޮވާފައެވެ.   މުބާރާތުގެ ގަދަ 5 ކުޅުންތެރިން 1 – ހަސަން ނަސްމަތު ( ބުންވަރު އެފްސީ ) 2 -  އަޙުމަދު ހަސައިން ( ބުންވަރު އެފްސީ ) 3 – ސާޖިދު ރަޝީދު ( ބުންވަރު އެފްސީ ) 4 – ނާޖިހު މުޙައްމަދު ( ހަވާސް އެސްސީ ) 5 – ޝަމްވީލް މުޙައްމަދު ( ރޯވާސް އެފްސީ )   މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއަކަށް ހޮވުނީ ރޯވާސްގެ ޝަމްވީލް މުޙައްމަދެވެ. މުބާރާތުގެ ފެއަރ ޕްލޭ ޓީމް އަކީ ތަންގަނޑު އެފްސީއެވެ.   މުބާރާތުގެ ޒުވާން އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބުންވަރު އެފްސީގެ އައްޒާމް ހުސައިނެވެ. އަދި މުބާރާތު އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ބުންވަރު އެފްސީގެ ސާޖިދު ރަޝީދެވެ.   މި މުބާރާތުގެ މެއިން ސްޕޮންސަރއަކީ ލިޓަސްއެވެ. އަދި މުބާރާތުގެ މީޑިއާ ޕާރޓްނަރަކީ މީދޫ ޓައިމްސްއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...