ރ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ދެބުރީގެ އޮފީސް އިމާރާތެއް އަޅަނީ
ރ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ދެބުރީގެ އޮފީސް އިމާރަތެއް އެޅުމަށް ޕީ.އެސް.އައި.ޕީގައި ހިމެނުމަށް ފޮނުވާފައިވާނެކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.   މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ، މިއަދު ރައީސް ސޯލިހް މީދޫއަށް ވަޑައިގެން މީދޫގެ މުއައްސަސާތަކުގެ އިސްވެރިންނާއިއެކު ބޭއްވެވި ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ރ. އަތޮޅު ތަޢުލީމީ މަރުކަޒުން އެދިލައްވާފައިވަނީ އިތުރު ކުލާސްރޫމްތަކެއް އެޅުމަށާއި 30 އަހަރު ދުވަސްވެފައިވާ އޮފީސް އިމާރާތުގެ ބަދަލުގައި އާ އޮފީސް އިމާރާތެއް އަޅައިދިނުމަށެވެ.   ރައީސް ސޯލިހްގެ މީދޫއަށް ކުރެއްވި ދަތުރުފުޅުގައި ރ. އަތޮޅު ތަޢުލީމީ މަރުކަޒަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދަންނަވާފައިވަނީ ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލްގެ އިތުރުން މަރުކަޒުގެ އިސްވެރިންނާއި ސްކޫލް ކެޕްޓަން އަދި ސްޓޫޑެންޓް ކައުންސިލްގެ ދަރިވަރުންނެވެ.   ރައީސް ސޯލިހް މިއަދު ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނާއިވެސް ބައްދަލުކުރައްވާފައިވާކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ރައީސް ސޯލިހް މީދޫ ކައުންސިލާއި މީދޫގެ މުއައްސަސާތަކުގެ އިސްވެރިންނާއިވެސް ބައްދަލުކުރައްވާފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...