ރައީސް ސޯލިހް ފުރަތަމަ ފަހަރަށް މީދޫއަށް ވަޑައިގެންފި
ދިވެހިރާއްޖެގެ އިއްޒަތްތެރި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް މިއަދު މީދޫއަށް ވަޑައިގެންފިއެވެ. މިއީ ރައީސް ސޯލިޙް މީދޫއަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.   މިއަދު ހެނދުނު ރައީސް ސޯލިހް މީދޫއަށް ވަޑައިގަތުމުން އެ މަނިކުފާނަށްވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ރައީސް ސޯލިހްއާއިއެކު މި ދަތުރުފުޅުގައި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޢަލީ، ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒްގެ އިތުރުން ރައީސްގެ ސްޕެޝަލް އެޑްވައިޒަރ ޑރ. މުޙައްމަދު ލުތުފީވެސް ބައިވެރިވެވަޑައިގަންނަވައެވެ. މީގެ އިތުރުން ރ. އަތޮޅުގެ މަޖިލިސް މެމްބަރުންވެސް މި ދަތުރުފުޅުގައި ބައިވެރިވެލައްވައެވެ.   މި ދަތުރުފުޅުގައި އެމަނިކުފާނު މީދޫ ކައުންސިލާއި މީދޫގެ މުއައްސަސާތަކާއި ބައްދަލު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މީދޫއަށްފަހު އެމަނިކުފާނު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ރ. އަލިފުށްޓަށްށެވެ. އަލިފުށްޓަށް ވަޑައިގަތުމަށްފަހު އެ ރަށުގައި ރ. އަތޮޅު ކައުންސިލަރުންނާއި ބައްދަލުކުރެއްވުމުގެ އިތުރުން އެރަށުގެ މުއައްސަސާތަކާއި ކައުންސިލާވެސް ބައްދަލުކުރައްވާނެއެވެ.   މީގެ އިތުރުން އަލިފުށި ސްކޫލަށް 50 އަހަރު ފުރޭ މުނާސަބާ ފާހަގަކުރުމަށް ބާއްވާ ހާއްސަ ޖަލްސާގައިވެސް އެމަނިކުފާނު ބައިވެރިވެލައްވާނެއެވެ.  
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...