ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމް.ޑީ.ޕީ ޓިކެޓުގައި މަޑުއްވަރީ ދާއިރާއަށް ވާދަކުރާނެ ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަ ކުރުމަށް ރ. މަޑުއްވަރީ ކައުންސިލް މެމްބަރ އާޔަތުﷲ ނަޢީމް ނިންމައިފިއެވެ.

ޕްރައިމަރީގައި ވާދަ ކުރަން ނިންމާ އާޔަތުﷲ ބުނެފައިވަނީ ޕްރައިމަރީގައި ވާދަކުރަނީ ދާއިރާގެ ރައްޔިތުންގެ ލޯތްބާއެކުކަމަށާއި. ދާއިރާގެ ރައްޔިތުންނާއި ގުޅޭނެކަމަށާއި ދާއިރާގެ ރައްޔިތުންގެ ކަންކަމުގައި އުޅޭނެކަމަށެވެ. އެހެންކަމުން ދާއިރާގެ ރައްޔިތުން އޭނާއަށް ވޯޓުލުމަށް އެދޭކަމަށް އާޔަތުﷲ ބުނެފައިވެއެވެ.

މަޖިލިސް އެމް.ޑީ.ޕީ ޕްރައިމަރީގައި މަޑުއްވަރީ ދާއިރާއަށް ދެން ވާދަކުރަނީ ރައީސް ޞާލިހުގެ ވެރިކަމުގައި ފިޝަރީޒް މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރގެ މަޤާމު ފުރުއްވި ނަސްރުﷲ ހުސައިންގެ އިތުރުން އައިމިނަތު މަދީހާއެވެ.

އެމް.ޑީ.ޕީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ ދެވަނަ ދުވަހުއެވެ.