މުބާރާތުގެ ފައިނަލް މެޗު މިރޭ!
އެމްއީސީ ފުޓްސަލް ފިއެސްޓާގެ ފައިނަލް މެޗު މިރޭ ކުޅޭނެއެވެ. ހަވާސް އެސްސީ އަދި ބުންވަރު އެފްސީ ބައްދަލުކުރާ މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 22:00 ގައެވެ. މިދެޓީމްވަނީ މީގެ ކުރިން ގުރޫޕް ސްޓޭޖުގައި ބައްދަލުކޮށްފައެވެ. އެ މެޗް 2 – 0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބުންވަރު އެފްސީއެވެ.
ބުންވަރު އަދި ރޯވާސް ބައްދަލުކުރި މެޗުގެ ތެރެއިން
އެންމެ ފަހުގެ މުބާރާތުގެ ގުރޫޕް ސްޓޭޖުން ކެޓިނަމަވެސް، ޓީމް ވަރުގަދަކޮށް ބުންވަރު އެފްސީ މުބާރާތުގެ ފައިނަލްގެ ޖާގައެއް ހޯދީ ސެމީފައިނަލްގައި ރޯވާސް އެފްސީ 6 – 2 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ. ބުންވަރު އެފްސީގެ ކޯޗު ބަޝީރު އެމް.ޓީއާއި ވާހަކަ ދައްކަމުން ބުނީ ސެމީފައިނަލް މެޗުގައި ކުދިކުދި މިސްޓޭކްތަކެއް ހެދުނު ނަމަވެސް ޖުމްލަ ގޮތެއްގައި ޓީމުގެ ކުޅުމާއި ދޭތެރޭ ހިތްހަމަ ޖެހޭކަމަށެވެ. އަދި ޓީމް އޮތީ ފައިނަލް މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށާއި އަދި ސަޕޯޓަރުން ކުރިއެކޭވެސް އެއްގޮތަށް ސަޕޯޓުކޮށްދިނުމަށް ކޯޗު ވަނީ އެދިފައެވެ. އަދި ޓީމް ނިކުންނާނީ ﷲގެ އިރާދަފުޅާއިއެކު ތަށި ހޯދަން ކަމަށް ކޯޗު ބަޝީރު ބުންޏެވެ.
ހަވާސް އަދި ތަންގަނޑު އެފްސީ ބައްދަލުކުރި މެޗުގެ ތެރެއިން
ހަވާސް އެސްސީ ފައިނަލްގެ ޖާގައެއް ހޯދީ ސެމީފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން ތަންގަނޑު އެފްސީ ބަލިކުރުމަށްފަހުއެވެ. މި މެޗު ހަވާސް ކާމިޔާބުކުރީ 3 – 1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ކުރިން އެމްޓީއާއި ވާހަކަ ދައްކަމުން ހަވާސް އެސްސީގެ ކޯޗް އަދުހަމް ބުނީ ސެމީފައނަލަށް ނިކުތީ ފުރިހަމަ އިތުބާރާއި އެކުކަމަށާއި އަދި ފެނިގެން ދިޔައީ މި މުބާރާތުގައި ހަވާސްގެ ފަރާތުން ފެނުނު އެންމެ މޮޅު ކުޅުން ކަމަށެވެ. އަދި ޓީމްގައި ކުދި ކުދި އިންޖަރީގެ މައްސަލަތަކެއް ހުރިނަމަވެސް ފައިނަލް މެޗަށް ނުކުންނައިރު ހުރިހާ ކުޅުންތެރިން ފިޓްވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށާއި ޓީމް އޮތީ ފުރިހަމައަށް ތައްޔާރުވެފައިކަމަށް އަދުހަމް ބުންޏެވެ. އަދި އަދުހަމް ވަނީ ސަޕޯޓަރުން ކުޅިވަރުގެ ރޫހާއި އެއްގޮތަށް ކުރީ މެޗުތަކެކޭ އެއްފަދައިން މެޗުގެ ފަހު ވަގުތާއި ޖެހެންދެން ސަޕޯޓުކޮށްދިނުމަށް އެދިފައެވެ. އަދި މިހާތަނަށް ސަޕޯޓަރުން ކޮށްދީފައިވާ ފުރިހަމަ ސަޕޯޓަށް އަދުހަމް ވަނީ ޝުކުރުއަދާކޮށްފައެވެ.   މިރޭގެ ފައިނަލް މެޗުވެސް މީދޫ ޓައިމްސްގެ ފޭސްބުކު ޕޭޖުން ލައިވް ކުރުމަށްވަނީ ހަމަޖެހިފައެވެ.   މި މުބާރާތުގެ މެއިން ސްޕޮންސަރއަކީ ލިޓަސްއެވެ. މީޑިއާ ޕާރޓްނަރަކީ މީދޫ ޓައިމްސްއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...