ރައީސުލްޖުމްހޫރިއްޔާ މާދަމާ މީދޫއަށް ވަޑައިގަންނަވަނީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ރަސްމީ ދަތުރުފުޅެއްގައި މާދަމާ މީދޫއަށް ވަޑައިގަންނަވާނެއެވެ.   މީދޫ ޓައިމްސްއަށް މައުލޫމާތުދެއްވަމުން ރައީސް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ މީދޫއަށް ވަޑައިގަންނަވާނީ މާދަމާ ހެނދުނު 10:40ގައި ކަމަށެވެ. ރައީސް ސޯލިހުގެ މިދަތުރުފުޅަކީ އެމަނިކުފާނު ރ. މީދޫއަށް ކުރައްވާ އެންމެ ފުރަތަމަ ދަތުރުފުޅުކަމަށް މިދޫޓައިމްސްއަށް މައުލޫމާތުލިބިފައިވެއެވެ.   މާދަމާގެ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ މީދޫ ކައުންސިލްގެ އިސްވެރިންނާއި އަދި މީދޫގެ އެކިއެކި މުއައްސަސާތަކުގެ ވެރިންނާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށްވެސް ރައީސް އޮފީހުގެ އޮފިޝަލް މީދޫ ޓައިމްސްއަށް މައުލޫމާތުދެއްވިއެވެ.   މި ދަތުރުފުޅަށްފަހު ރައީސުލްޖުމްހޫރިއްޔާ މާދަމާ ވަޑައިގަންނަވާނީ ރ. އަލިފުށްޓަށެވެ. ރަޢިސުލްޖުމްހޫރިއްޔާ މީދޫއިން ފުރާވަޑައިގަތުމަށްހަމަޖެހިފައިވަނީ މާދަމާ މެނެދުރުފަހު 1:45ގައެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...