ރ. އަތޮޅުގައި ބޭއްވޭ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތްކަމަށްވާ މީދޫ ޖަމްޢިއްޔަތުއް ޞަލާހުގެ އިންޓަރ ރިޒޯޓު ފުޓްސަލް މުބާރާތް، ރާބަދި ޗެލެންޖު މިއަހަރުގެ އޭޕްރިލް މަހުގެ 19 ވަނަ ދުވަހު ފަށާ ގޮތަށް ހަމަޖައްސައިފިއެވެ.

މި މުބާރާތަކީ ރ. އަތޮޅުގެ ގިނަ ރިޒޯޓުތަކަކުން ފޯރިއާއެކު ދުރާލާ ތައްޔާރުވާ މި މުބާރާތެކެވެ. މިދިޔަ އަހަރުގެ މުބާރާތުގައިވެސް ޖުމްލަ 13 ރިޒޯޓަކުން ބައިވެރިވެފައިވެއެވެ. މިއަހަރުގެ މުބާރާތުގައިވެސް ރ. އަތޮޅުގެ ގިނަ ރިޒޯޓުތަކުން ބައިވެރިވާނެކަމަށް ބެލެވެއެވެ.

މި މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަން ޓީމަކީ ޔޫ އެންޑް މީ ރިޒޯޓެވެ. ޔޫއެންމީން މުބާރާތުގެ ތަށި ހޯދީ ފައިނަލްގައި ދިގަލި ބަލިކޮށްގެންނެވެ.