ޤައުމީ ޤުރުއާން މުބާރާތުގައި މީދޫ ތަމްސީލްކުރި ބައިވެރިންނަށް މެމްބަރު ޝަރީފްގެ ފަރާތުން ހާއްސަ ސައިފޮދެއް!
މާލޭގައި ކުރިއަށްދިޔަ ޤައުމީ ޤުރުއާން މުބާރާތުގައި މީދޫ ތަމްސީލްކުރި ބައިވެރިންނަށް މެމްބަރު އާދަމް ޝަރީފްގެ ފަރާތުން ހާއްސަ ސައިފޮދެއް އަރުވައިފިއެވެ.   މި މުބާރާތުގައި ބައިވެރިވެވި ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިންނަށް ހާއްސަކޮށްގެން ކުރިއަށްގެންދިޔަ މި ސައިފޮދު ބާއްވާފައިވަނީ ނިމިދޔަ ހަފްތާގެ އަންގާރަ ދުވަހު ފުޑްބޭންކް ރެސްޓޯރެންޓުގައެވެ. މި ސައިފޮދުގައި މެމްބަރާއިއެކު ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގެ އެގްޒެކްޓިވް ޑިރިކެޓްޓަރ އިބްރާހިމް ރާފިޢުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.   މި ސައިފޮދަކީ މުބާރާތުގައި ބައިވެރިވި ދަރިވަރުންނަށް ހިތްވަރުދީ އެ އަގުވަޒަންކުރުމުގެ ގޮތުން އެރުވި ސައިފޮދެއްކަމަށް މެމްބަރު އާދަމް ޝަރީފް 'އެމް.ޓީ' އާއި ވާހަކަދައްކަމުން ވިދާޅުވިއެވެ.   މިއަހަރުގެ މުބާރާތުގައި ޖުމްލަ 13 ދަރިވަރަކުވަނީ މީދޫ ތަމްސީލްކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...