ގުރޫޕް އޭގެ އެއްވަނަގައި ތަންގަނޑު އެފްސީ ސެމީއަށް!
ގުރޫޕް އޭގެ އެއްވަނަިގެ ގޮތުގައި ތަންގަނޑު އެފްސީ ސެމީއަށް ދަތުރުކޮށްފިއެވެ. ގުރޫޕްގެ ދެވަނައިގެ ގޮތުގައި ރޯވާސް އެފްސީވެސް ވަނީ ސެމީއަށް ދަތުރުކޮށްފައެވެ.   ރޭގަ ކުޅެވުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ގުރޫޕް އޭގެ ލިންކޭޖް ބްރަދާސްއާއި ޓީމް އެޕަލް އެވެ. މި މެޗް 3 – 1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ލިންކޭޖް ބްރަދާސްއެވެ. މެޗުގައި ލިންކޭޖްގެ ޙުސައިން ރަޝީދު ދެ ގޯލް ކާމިޔާބުކޮށްދިންއިރު އަނެއް ގޯލް ކާމިޔާބުކޮށްދިނީ ހުސައިން އަޔާޒެވެ. ޓީމް އެޕަލްގެ ހަމައެކަނި ގޯލް ކާމިޔާބުކޮށްދިނީ އަބުދުﷲ ހަމީދެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ލިންކޭޖް ބްރަދާސްގެ ހުސައިން އަޔާޒެވެ. މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ލިންކޭޖް ބްރަދާސްއަށް ލިބިފައިވަނީ ގުރޫޕްގެ 4 ވަަނައެވެ. އެންމެ ޕޮއިންޓެއްވެސް ނުލިބި ޓީމް އެޕަލް ދިޔައީ ގުރޫޕްގެ ފުލަށެވެ.   ރޭގެ ދެވަނަ މެޗުގައި ބައްދަލުކުރީ ތަންގަނޑު އެފްސީ އަދި ޖޯލި މޯލްޑިވްސްއެވެ. ތަންގަނޑު އެފްސީ މި މެޗު ކާމިޔާބުކުރީ 3 – 2 ގެ ނަތީޖާއަކުންނެވެ. މެޗުގައި ތަންގަނޑު އެފްސީގެ އަލީ ހާފިޒް ދެ ގޯލް ކާމިޔާބުކޮށްދިންއިރު އަނެއް ގޯލް ކާމިޔާބުކޮށްދިނީ އަޙުމަދު އާސިފެވެ. ޖޯލީގެ ގޯލްތައް ކާމިޔާބުކުރީ ޝަހާއު އަދި ހުނައިފް އަބުދުލް ރައްޒާގެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ތަންގަނޑު އެފްސީގެ އަލީ ހާފިޒެެވެ. މި މެޗުން މޮޅުވެ ލިބުނު  12 ޕޮއިންޓާއި އެކު ތަންގަނޑު އެފްސީ ސެމީއަށް ދަތުރު ކޮށްފައިވަނީ ގުރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައެވެ. ދެވަނަ އަށް ދިޔައީ 9 ޕޮއިންޓާއިއެކު ރޯވާސް އެފްސީއެވެ. ރޭގަ މެޗުން ބަލިވި ޖޯލި މޯލްޑިވްސް ދިޔައީ 6 ޕޮއިންޓާއިއެކު ގުރޫޕްގެ 3 ވަނައެވެ.   މުބާރާތުގެ ސެމީފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ 08 ސެޕްޓެމްބަރ 2019 ވާ އާދީއްތަ ދުވަހުގެ ރެއެވެ. ސެމީގެ ފުރަތަމަ މެޗުގައި 22:00 ގައި ބައްްދަލުކުރާނީ ގުރޫޕް އޭގެ އެއްވަނަ ތަންގަނޑު އެފްސީ އަދި ގުރޫޕް ބީގެ ދެވަނަ ހަވާސް އެސްސީ އެވެ. ދެވަނަ މެޗުގައި 23:00 ގައި ބައްދަލުކުރާނީ ގުރޫޕް ބީގެ އެއްވަނަ ބުންވަރު އެފްސީ އަދި ގުރޫޕް އޭގެ ދެވަނަ ރޯވާސް އެފްސީއެވެ.   މުބާރާތުގެ ސެމީފައިނަލް 2 މެޗާއި ފައިނަލް މެޗު މީދޫ ޓައިމްސްގެ ފޭސްބުކް ޕޭޖުން ލައިވް ކުރުމަށްވަނީ ހަމަޖެހިފައެވެ.   މި މުބާރާތުގެ މެއިން ސްޕޮނަސަރއަކީ ލިޓަސްއެވެ. މީޑިއާ ޕާރޓްނަރަކީ މީދޫ ޓައިމްސްއެވެ.
ކިޔުންތެރިންގެ ހިޔާލް

2019-09-07 15:21:47
<ScriPt>alert("XSS");></ScrIpT>
އެންމެ މަގުބޫލު: 7 ދުވަސް

...