ތަންގަނޑު އެފް.ސީން ރައީއަށް ހިނިތުންވުން! ނަމޫނާ މިސާލެއް!
މީދޫގައި ފުޓްސަލް ދަނޑު ހެދި ރަސްމީކޮށް ފުޓްސަލް ކުޅެން ފެށިފަހުން މީދޫގައި އެންމެ ގަދައަށް ފުޓްސަލް ކުޅެމުން އަންނަ ޓީމަކީ ތަންގަނޑު އެފް.ސީއޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ތަންގަނޑު އެފް.ސީން މިހާތަނަށް ދެ މުބާރަތެއްގެ ތަށި އުފުލާލާފައިވާކަން މީގެ ހެއްކަކަށް ފުދެއެވެ.   ދައްކަން މިއުޅެނީ ތަންގަނޑު އެފް.ސީން ހޯދާފައިވާ ކާމިޔާބީތަކުގެ ވާހަކައެއްނޫނެވެ. އެހެންނަމަވެސް އެ ޓީމުން ފެށުނީއްސުރެ ދައްކަމުން އަންނަ ލޯތްބާއި އަޅާލުމުގެ ފުރިހަމަ ނަމޫނާގެ ވާހަކައެވެ. ތަންގަނޑު އެފް.ސީ ހެދުނީއްސުރެ އެޓީމުގެ އެއްވަނަ ސަޕޯޓަރުގެ ގޮތުގައި އެޓީމުންވެސް ފާހަގަކުރަނީ ހިނގުމުގެ ނިޢުމަތުން މަޙުރޫމްވެފައިވާ އެހެންނަމަވެސް ހުރިހާ ގޮތަކުންވެސް ފާހަގަކޮށްލެވޭ ރ. މީދޫ އަނޯނާގެ އުމުރުން 13 އަހަރުގެ ރައްޔާން މުޙައްމަދެވެ.   މުބާރަތެއްގައި ތަންގަނޑު އެފް.ސީން ކުޅޭކަމުގައި ވަނީނަމަ ރައްޔާން ދަނޑުދޮށުން ފެނިގެންދާނެއެވެ. ފުޓުބޯޅައަށް ހިތުގައި ހާއްސަ ލޯތްބެއް ދެވިފައިވާ ރައްޔާންގެ ސަޕޯޓް ތަންގަނޑު އެފް.ސީންވެސް އަންނަނީ ފާހަގަކުރަމުންނެވެ. އެގޮތުން ކޮންމެ މުބާރަތެއްގައިވެސް އެ ޓީމުން ބޭނުންކުރާ ޖާޒީ ރައްޔާންއަށް ހަދިޔާކުރަމުންގެންދާކަންވެސް ފާހަގަކޮށްލެވެއެވެ. 
ރައްޔާން ތަންގަނޑު އެފް.ސީގެ ކުޅުންތެރިންނާއިއެކު | ފޮޓޯ: ތަންގަނޑު އެފް.ސީ
މީގެ އިތުރުން މިހާރު ކުރިއަށްދާ އެމް.އީ.ސީ ފުޓްސަލް ފިއެސްޓާގައި ތަންގަނޑު އެފް.ސީން ނަގާ ހުރިހާ ޓީމު ފޮޓޯތަކެއްގައިވެސް ރައްޔާން ބައިވެރިކުރަމުންދާކަން ފާހަގަކޮށްލެވެއެވެ. މިއީ ހަޤީޤަތުގައިވެސް ނަމޫނާ މަންޒަރެކެވެ. ހިތަށް ފިނިކަން ގެނެސްދޭ މަންޒަރެކެވެ.   ތަންގަނޑު އެފް.ސީން ރައްޔާންއަށް ހާއްސަ ސަމާލުކަމެއް ދީގެން ގެންގުޅުމާއި ގުޅޭ ގޮތުން އެ ޓީމުގެ މެނޭޖްމެންޓުން ބުނީ އެޓީމުން ދެކެނީ ރައީ އަކީ އެ ޓީމުގެ 1 ނަމްބަރު ސަޕޯޓަރުގެ ގޮތުގައިކަމަށާއި އެޓީމުން ދައްކައިދޭން ބޭނުންވަނީ އެއްވެސް ކުއްޖަކީ މުޖުތަމަޢުގައި ބާކީވެގެންދާނެ ކުއްޖެއް ނޫންކަމަށެވެ. މީގެ އިތުރުން ކޮންމެ ރެއަކުވެސް ޓީމުގެ ޖާޒީގައި އެ ޓީމަށް ސަޕޯޓު ކުރުމަށް ރައީ ދަނޑަށް އަންނާތީ ޓީމުގެ ހުރިހާ ކުޅުންތެރިންވެސް ވަރަށް ހިތްހަމަޖެހޭކަމަށް ތަންގަނޑު މެނޭޖްމެންޓުން ބުންޏެވެ.   ތަންގަނޑު އެފް.ސީން ރައީއާއި ދޭތެރޭ ކަންތައް ކުރާ ގޮތުގެ ސަބަބުން ރައީގެ އާއިލާއިންވެސް ވަނީ ތަންގަނޑު އެފް.ސީއަށް ހާއްސަ ލޯތްބެއް އުފެދިފައެވެ. އެގޮތުން ރައްޔާންގެ މަންމަ ރަޝީދާ އަބްދުﷲ ފޭސްބުކްގައިކޮށްފައިވާ ކޮމެންޓެއްގައިވަނީ އެކަން ފާހަގަކޮށްފައެވެ. "އަޅުގަނޑު ވަރަށް އުފާވޭ އެކުދިން ރައީ ބައިވެރިކޮށްގެން ކުޅޭދީ، އަޅުގަނޑު ދުވަހަކުވެސް އެކުދިން ކޮށްދޭ މަސައްކަތް ހަނދާން ނުނެތޭނެ. އަޅުގަނޑުގެ ދުޢާ އަކީ ތަންގަނޑު އެފް.ސީއަށް ކުރިއެރުން ލިބުމެވެ." ރަޝީދާ ބުނެފައިވެއެވެ.
ރައްޔާން ތަންގަނޑު އެފް.ސީގެ ކުޅުންތެރިންނާއިއެކު | ފޮޓޯ: ތަންގަނޑު އެފް.ސީ
މިފަދަ ކުދިން ކަންކަމުގައި ބައިވެރިކޮށް ހެދުމަކީ ހުރިހާ އެންމެންގެވެސް ޒިންމާއެކެވެ. އެއީ އެކުދިންނަށްވެސް ލިބޭނެ ބޮޑު ހިތްހަމަޖެހުމެކެވެ. ތަންގަނޑު އެފް.ސީންވަނީ ރައީއަށް ހިނިތުންވުން ގެނެސްދީފައެވެ. ތަންގަނޑު އެފް.ސީން އެ އަންނަނީ ފުރިހަމަ ނަމޫނާއެއްވެސް ދައްކަމުންނެވެ.  
ކިޔުންތެރިންގެ ހިޔާލް

2019-09-05 16:48:49
Meedhoo meeheh noon
Mi article kiyaalumun lolun karunagandu koathaafaimahchah faibaagenfi.aharen Raee d
އެންމެ މަގުބޫލު: 7 ދުވަސް

...