ލިޓަސްގެ ފިހާރައަކުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފި
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ސައިކަލު ވިއްކުމުގެ ވިޔަފަރި ކުރަމުން އަންނަ ލިޓަސް ކުންފުނީގެ ފިހާރައަކުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފިއެވެ.   ރޭގެ ވަގުތެއްގައި ލިޓަސްގެ ފިހާރަކުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައިވާކަން ފުލުހުން މީޑިޔާތަކަށް ކަށަވަރުކޮށްދީފައިވާއިރު ވަގަށް ނަގާފައިވަނީ ކިހާ އަދަދެއްގެ ފައިސާކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. މަޢުލޫމާތު ލިބޭ ގޮތުގައި ވަގަށް ނަގާފައިވަނީ ލިޓަސް ސައިކަލު ޝޯރޫމްގައި ހުރި ފައިސާތަކެކެވެ.   މި މައްސަލަ ފުލުހުންނަށް ހުށައަޅާފައިވަނީ ރޭ 3:30 ހާއިރުކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. މި މައްސަލައިގައި އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއްނުވެއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...