ރ. މީދޫގެ ދެކުނު ފަރާތުގައި ރޯވެ އަނދަނީ!
ރ. މީދޫގެ ދެކުނު ފަރާތުގައި ރޯވެ އަނދަމުން އެބަދެއެވެ.   މީދޫ ޓައިމްސްގެ ކިޔުންތެރިޔަކު މީދޫ ޓައިމްސްއަށް ފޮނުވާފައިވާ ފޮޓޯތަކުން ފެންނަގޮތުގައި ކުނިގޮނޑު ކައިރީގައި ރޯވެ އަނދަމުންދެއެވެ. އެސަރަހައްދުގައި މިވަގުތު ހުރި ފަރާތަކުން މީދޫ ޓައިމްސްއަށް މައުލޫމާތުދޭގޮތުގައި އަލިފާންގަނޑު އަދިވެސްދަނީ އެސަރަހައްދުގައި ފެތުރެމުންނެވެ.    މީދޫ ޓައިމްސްއަށް މައުލޫމާތު ލިބޭގޮތުގައި އެސަރަހައްދަުގައި މިވަގުތު ކައުންސިލުގެ ނައިބު ރައީސް ނާޖިހު ޖަމީލާއި ކައުންސިލް މެމްބަރު ރައްޒާން ޒަރީރުގެ އިތުރުން އާންމުންގެ 5 ވަރަކަށް މީހުން ހަރަކާތްތެރިވަމުންދެއެވެ. މީގެއިތުރުން ފުލުހުންވެސް އެސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަކަމަށް މައުލޫމާތުލިބެއެވެ. 

ކައުންސިލަރުންނާއި ފުލުހުން އަދި އާންމުންގެ އެހީތެރިކަމާއެކު އަލިފާންގަނޑު މިހާރު ނިއްވާލެވިފައިވާކަމަށް މީދޫ ޓައިމްސްއަށް އެސަރަހައްދުގައި ހުރި ފަރާތަކުން މައުލޫމާތުދެއެވެ.  
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...