ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ އެމް.ޑީ.ޕީ ޕްރައިމަރީގައި މަޑުއްވަރީ ދާއިރާގެ އެމް.ޑީ.ޕީ ރައީސް އަދި އާރު.ޑީ.ސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލީ މަނިކު ހުޅުމާލެ އުތުރު ދާއިރާއަށް ވާދަކުރަން ނިންމައިފިއެވެ.

ހުޅުމާލެ އުތުރު ދާއިރާއަށް ވާދަކުރަން ނިންމާ މޫކޭ ވިދާޅުވެފައިވަނީ، ހުޅުމާލެ ފޭސް ދޭކަށް އަސާސީ ހައްޤުތައް ހޯދައިދިނުމަށް ބިރެއް ފަސްޖެހުމެއް ނެތި ވަކާލާތު ކުރައްވާނެކަމަށެވެ. މީގެ އިތުރުން މާލޭ ދަފްތަރުގެ މައްސަލައަށް ޤާނޫނީ ހައްލުވެސް ހޯދައިދެއްވާނެކަމަށް މޫކޭ ވިދާޅުވެފައިވެއެވެ.

މޫކޭ ވަނީ 2019 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގެ އެމް.ޑީ.ޕީ ޕްރައިމަރީގައި މަޑުއްވަރީ ދާއިރާއަށް ވާދަކުރައްވާފައެވެ. އެ އިންތިހާބު ކާމިޔާބުކުރީ މޫކޭއާއި ވާދަކުރި އާދަމް ޝިހާމްއެވެ.