ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީ.ޕީ.އެމް/ޕީ.އެން.ސީ ތަމްސީލް ކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި މަޑުއްވަރީ ދާއިރާއިން 1346 މީހަކަށް ވޯޓުލުމުގެ ހައްޤު ލިބިގެންވާކަމަށް ހާމަކޮށްފިއެވެ.

އެ ޕާޓީން ހާމަކޮށްފައިވާ ވޯޓާރސް ލިސްޓުގައިވާ ގޮތުން މި އިންތިހާބުގައި މީދޫއިން 880 މީހުންނަށް އަދި މަޑުއްވަރީން 446 މީހަކު ޕާޓީގެ ރަޖިސްޓްރީވެ ވޯޓު ލުމުގެ ހައްޤު ލިބިފައިވެއެވެ.

ޕީ.ޕީ.އެމް/ޕީ.އެން.ސީގެ ޕްރައިމަރީ މި މަހުގެ 27 ވަނަ ދުވަހު ބޭއްވުމަށް އަންނަނީ ތައްޔާރުވަމުންނެވެ. މި ޕްރައިމަރީއަކީ މިހާތަނަށް މަޖިލިސް ގޮނޑިއަށް މަޑުއްވަރީ ދާއިރާގައި ބޭއްވޭނެ އެންމެ ވާދަވެރި އިންތިހާބަށް ވެގެންދާނެއެވެ.

މި އިންތިހާބުގައި ޖުމްލަ 7 ފަރާތަކުން ވާދަކުރާނެކަމަށް ބެލެވެއެވެ. އެއީ އަބްދުﷲ ޖާމިޢު، މުޙައްމަދު ޝިހާމް، ތޯހާ ހުސައިން، އަޙްމަދު ޒާހިރު، އިސްމާޢިލް ޞާލިހު، އަންވަރު އިބްރާހިމް އަދި އިސްޙާޤު އަޙްމަދުއެވެ. މި ކެންޑިޑޭޓުން އަންނަނީ މިހާރު ޕްރައިމަރީގެ ކެމްޕެއިން ފޯރީގައި ކުރިއަށް ގެންދަމުންނެވެ.