ތަންގަނޑު އެފްސީ އާއި އައިވެންޓަސް އިން ރޭގެ މެޗުތައް ކާމިޔާބުކޮށްފި!
ތަންގަނޑު އެފްސީއާއި އައިވެންޓަސްއިން ރޭގެ މެޗުތައް ކާމިޔާބުކޮށްފިއެވެ.   މިހާތަނަށް ކުޅެފައިވާ ދެ މެޗުވެސް ކާމިޔާބުކޮށްފައިވާ ތަންގަނޑު އެފްސީ ރޭގެ މެޗުގައި ބައްދަލުކުރީ ޓީމް އެޕަލް އާއި ދެކޮޅަށެވެ. މި މެޗު ތަންގަނޑު އެފްސީން ކާމިޔާބުކުރީ 2 – 1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ތަންގަނޑު އެފްސީގެ ގޯލްތައް ކާމިޔާބުކޮށްދިނީ ރިޝްވާން އަޙުމަދު އަދި އަޙުމަދު އާސިފެވެ. ޓީމް އެޕަލްގެ ހަމައެކަނި ގޯލް ކާމިޔާބުކޮށްދިނީ އިލްޔާސް އަޙުމަދެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ތަންގަނޑު އެފްސީގެ އާތިފް ޒާހިރެވެ.   ރޭގެ ދެވަނަ މެޗުގައި ބައްދަލުކުރީ ގުރޫޕް ބީގެ އައިވެންޓަސް އަދި ކުޑަފުށި ރިސޯޓެެވެ. ވާދަވެރި ކުޅުމަކަށްފަހު 4 – 3 ގެ ނަތީޖާއަކުން   މި މެޗު ކާމިޔާބުކުރީ އައިވެންޓަސްއެވެ. މެޗުގައި އައިވެންޓަސްގެ ހާޝިމް ޝަފީއު 2 ގޯލް ކާމިޔާބުކޮށްދިންއިރު، އަލީ އިހުސާން އަދި އަބުދުﷲ ރަޝީދުވަނީ ގޯލެއް ކާމިޔާބުކޮށްދީފައެވެ. ކުޑަފުށްޓައް އަބުދުލް މަންނާން 2 ގޯލް ކާމިޔާބުކޮށްދިންއިރު އަނެއް ގޯލް ކާމިޔާބުކޮށްދިނީ ހުސައިން ސުޖާއުއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އައިވެންޓަސްގެ ހާޝިމް ޝަފީއުއެވެ.   މި މުބާރާތުގައި މިރޭ 22:00 ގައި ބައްދަލުކުރާނީ ގުރޫޕް އޭ ގެ ޓީމް އެޕަލް އަދި ޖޯލި މޯލްޑިވްސްއެވެ. އަދި 23:00 ގައި ބައްދަލުކުރާނީ ގުރޫޕް ބީގެ ކުޑަފުށި އަދި ބުންވަަރު އެފްސީއެވެ.   މި މުބާރާތުގެ މެއިން ސްޕޮންސަރއަކީ ލިޓަސްއެވެ. މީޑިއާ ޕާރޓްނަރަކީ މީދޫ ޓައިމްސްއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...