މަޑުއްވަރީ ދާއިރާއަށް އުފަން އަބްދުﷲ ޖާމިޢުއަކީ މި ފާއިތުވެދިޔަ ދުވަސްތަކުގައި މަޑުއްވަރީ ދާއިރާގެ ގިނަ ކަންކަމުގައި ޝާމިލްވެ އުޅުން، ދާއިރާގެ ގިނަ ބަޔަކު ދެކެ ފަރިތަ ދަންނަ މޫނެކެވެ. ހާއްސަކޮށް މަޑުއްވަރީ ދާއިރާގެ ސިޔާސީ މަސައްކަތުގައި ޖާމިޢުވަނީ މިއަދާއި ހަމައަށް ތަފާތު ގިނަ ކާމިޔާބު މަސައްކަތްތަކެއް ކޮށްފައެވެ.

ހާއްސަކޮށް މިހާރުގެ ރައީސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ގެނައުމަށްޓަކައި ޕީ.ޕީ.އެމް/ޕީ.އެންސީގެ ދާއިރާގެ އިސް ފަރާތެއްގެ ހައިސިއްޔަތުން ޖާމިޢުވަނީ މުހިއްމު ގިނަ މަސައްކަތްތަކެއްކޮށްފައެވެ. އެގޮތުން ދާއިރާގެ ރަށްތަކުގައި އަދި މާލޭގައިވެސް މިކަމުގައި އިސްކޮށް މަސައްކަތް ކުރި ފަރާތްތަކާއެކުވެސް ޖާމިޢުވަނީ ވަރަށް ގާތުން މަަސައްކަތްކޮށްފައެވެ. އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ދާއިރާއަށް އިތުރު ހިދުމަތްތަކެއް ކޮށްދިނުމުގެ އަޒުމުގައި ޖާމިޢު ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީ،ޕީ.އެމް/ޕީ.އެންސީގެ ޓިކެޓު ހޯދުމަށް އެ ޕާޓީގެ ޕްރައިމަރީގައި ވާދަ ކުރުމަށް ވަނީ ނިންމާފައެވެ.

ޖާމިޢު މަތީ ތައުލީމް ހާސިލްކޮށްފައިވަނީ އޮފީސް މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، ޓްއަރިޒަމް މެނޭޖްމަންޓް ދާއިރާއިންނެވެ. އަދި މިވަގުތު ޖާމިޢު އަންނަނީ ޤާނޫނީ ރޮނގުން މަތީ ތަޢުލީމު ހާސިލް ކުރަމުންނެވެ. މީގެ އިތުރުން އެކި އެކި ފަރާތްތަކަށް ޤާނޫނީ ދާއިރާއިން ކޮށްދޭން ޖެހޭ އެކި ކަހަލަ މުހިއްމު މަސައްކަތްތައްވެސް ޖާމިޢު އަންނަނީ ކޮށްދެއްވަމުންނެވެ.

ޖާމިޢުގެ މަސައްކަތުގެ ތަޖުރިބާއަށް ބަލާލާއިރު، ފުރަތަމަ މަަސައްކަތަށް ނިކުތީ ފަތުުރުވެރިކަމުގެ ދާއިރާއަށެވެ. އޭގެ ފަހުން ޤައުމަށް ޚިދުމަތް ކުރުމަށް އޮތް ލޯތްބާއެކު ދިވެހި ފުލުހުންގެ ހިދުމަތާއި ގުޅި އެ އިދާރާގައި މަސައްކަތް ކުރުމަށްފަހު، އަލުން އަނބުރާ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއަށް ވަދެ މިވަގުތު ޖާމިޢު މަސައްކަތް ކުރަމުން ގެންދަނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ފަތުރުވެރިކަމުގެ މަސައްކަތް ކުރަމުން އަންނަ ޔުނިވާސަލް ކުންފުނީގެ މާލޭ ހެޑް އޮފީހުގައެވެ. މީގެ އިތުރުން ޖާމިޢުއަކީ އިޖުތިމާޢީ ގޮތުން އުފައްދާފައިވާ ޖަމްޢިއްޔާތަކުގައި ބައިވެރިވެ، ޒުވާނުންނާއި ގުޅޭ ކަންކަމުގައި އިހުލާސްތެރި ހިދުމަތްތަކެއް ކޮށްދީފާއިވާ، ދާއިރާ ދަންނަ ފަރާތެކެވެ.

ދާއިރާއަށް ކުރިމަތި ލުމާއި ގުޅޭ ގޮތުން ޖާމިޢު ބުނީ:

”ނުކުމެ މިހުރީ ދާއިރާގެ ރައްޔިތުންގެ ބޭނުންތައް ފުރިހަމައަށް އެނގިހުރެ، އެކަންކަން ކޮށްދެވޭނެ ކަމުގެ ޔަޤީން ކަން އޮތުމުން. އަޅުގަނޑު ހޮވަންވީ ދާއިރާގެ ތަރައްޤީއަށް ޒަމާނާއި އެއްވަރަށް ލޯހުޅުވި ރައްޔިތުންނަށް ޖެހޭ ތަކުލީފުތަކަށް ހަލު ހޯދައި ދެއްވާނެ ފަރާތަކަށް ވެފައި ރައްޔިތުން ކަމެއް ހަވާލު ކޮށްފިނަމަ ތެދުވެރި ކަންމަތީ އެއްވެސް އޮޅުވާލުމެއް ނެތި ކޮށްދެއް ވާނެ ފަރާތަކީ އަޅުގަނޑު ކަމަށް ވުމުން“ ޖާމިޢު

މަޑުއްވަރީ ދާއިރާގެ ޓިކެޓަށް ވާދަ ކުރާއިރު ޖާމިޢު ވަނީ ދާއިރާގެ ރައްޔިތުންނަށް މުހިއްމު އެތައް ވަޢުދުތަކެއްވެސް ވެފައެވެ. އަދި މި ވަޢުދުތައް ފުއްދައިދޭނެކަމުގެ ފުރިހަމަ ޔަޤީންކަން ދޭކަމަށްވެސް ޖާމިޢު ބުނެފައިވެއެވެ. ޖާމިޢުގެ ވަޢުދުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ވައުދަކީ ދާއިރާގެ ރައްޔިތުން ބޭސްފަރުވާއަށް މާލެއައިސް، އެކޮމޮޑޭޝަންއަށް ހިނގާ ބޮޑު ޚަރަދު ނުހިނގާނެ ގޮތަށް އެ ފަރާތްތަކަށް ހިލޭ ތިބެވޭނެ އިންތިޒާމް އުސޫލުތަކެއްގެ ތެރެއިން ހަމަޖައްސަވައިދޭނެކަމުގެ ވަޢުދެވެ.

މީގެ އިތުރުން ދައުރުގެ ތެރޭގައި ދާއިރާގެ 30 ފަރާތެއް ޢުމްރާގެ މާތް އަޅުކަމަށް ގެންދިއުމާއި، ދާއިރާގެ ޒުވާނުންނަށް މިހާތަނަށް ބޭއްވިފައިވާ މުބާރާތްތަކަށްވުރެ ފެންވަރު ރަނގަޅު އަގުބޮޑު މުބާރާތްތައް ބާއްވައިދިނުމާއި، ދާއިރާގެ ކޮންމެ ގެއަކަށް ރަމަޟާން މަހުގެ ހާއްސަ އިނާޔަތެއް ފޯރުކޮށްދޭނެކަމުގެ ވަޢުދަކީވެސް ޖާމިޢުގެ ފާހަގަކޮށްލެވޭ ވަޢުދުތަކެވެ. ހަމައެއާއެކު ދާއިރާއަށް ހުޅުވާލައިގެން ފެންވަރު ރަނގަޅު ޤުރުއާން މުބާރާތެއް ބޭއްވުމަކީވެސް ޖާމިޢުގެ ވައުދެކެވެ. މީގެ އިތުރުން ޒުވާނުންނާއި ގުޅޭ އިތުރު މުހިއްމު ވަޢުދެއްގެ ގޮތުގައި ރ. އަތޮޅު ފުޓްސަލް ޗެލެންޖުގައި ވާދަ ކުރާ މަޑުއްވަރީ ދާއިރާގެ ޓީމުތަކުގެ ކުޅުންތެރިންނަށް އެލަވަންސެއް ދިނުމަކީވެސް ޖާމިޢުގެ ވަޢުދެކެވެ.

”ދާއިރާގެ 30 މީހަކު ދައުރުގެ ތެރޭގައި އުމްރާއަށް ފޮނުވައިދޭނަން“ ޖާމިޢު

މިފަހަރުގެ އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން ދާއިރާގެ ރައްޔިތުންނަށް އެންމެ ގިނަ ބޮޑެތި ވައުދުތަކެއް މިހާތަނަށް ވެފައިވަނީވެސް ޖާމިޢުކަން ފާހަގަކޮށްލެވެއެވެ. ޖާމިޢުވެފައިވާ ބޮޑެތި މުހިއްމު ވައުދުތައް ފުއްދައިދޭނެކަމުގެ ޔަޤީންކަން ޖާމިޢު ދެނީ ވަރަށް ސާބިތުކަމާއެކުގައެވެ.

ޖާމިޢު ހޮވަންވީ އެންމެ މުހިއްމު އެއް ސަަބަބެއްކަމުގައި ޖާމިޢު ފާހަގަކުރަނީ، ދާއިރާގެ ތަރައްޤީއަށް ޒަމާނާއި އެއްވަރަށް ލޯ ހުޅުވި، ރައްޔިތުންނަށް ޖެހޭ ތަކުލީފުތަކަށް ހައްލު ހޯދައިދޭނެ ފަރާތައް ވެފައި، ރައްޔިތުން ކަމެއް ހަވާލުކޮށްފިނަމަ ތެދުވެރިކަމާއި އަމާނަތްތެރިކަމާއެކު އެކަން ކުރާނެ ފަރާތަކަށް ޖާމިއު ވެގެންދާނެތީއެވެ.

ނޯޓް: މިއީ އެޑްވަޓޯރިއަލް އާޓިކަލްއެކެވެ.