ކައުންސިލްގެ އަމާޒަކީ ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން މަސްޖިދުއް ޒިންނޫރައިނި އޭސީކޮށް ނިންމުންކަމަށް ކައުންސިލްގެ ނައިބު ރައީސް އަލީ ރަޝީދު ވިދާޅުވެއްޖެއެވެ.

މަސްޖިދުއް ޒިންނޫރައިނި އޭސީ ކުރުމަށްޓަކައި މިސްކިތް ސީލިންގކޮށް ޖާލިތައް ބެއްދުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ ރިޔާޒް އިންވެސްޓްމެންޓާއި ހަވާލުކޮށްގެންނެވެ. މިސްކިތް ސީލިންގ ކުރުމުގެ މަސައްކަތް އެ ކުންފުންނިން އަންނަނީ ވަރަށް ބާރު ސްޕީޑްގައި ކުރިއަށް ގެންދަމުންނެވެ.

މީދޫ ޓައިމްސްއަށް މަޢުލޫމާތު ދެއްވަމުން ކައުންސިލްގެ ނައިބު ރައީސް ވިދާޅުވީ، މިސްކިތް އޭސީ ކުރުމަށްޓަކައި އާއްމުންނަށް ހުޅުވާލާފައިވަނީ ދަރުމަވެރި ކަމަކަށް ވުމާއެކު މިކަމުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށްކަމަށާއި، ކައުންސިލްގެ ބަޖެޓުން ހަރަދުކޮށްގެންވެސް އޭސީ ކުރުމުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވާކަމަށެވެ.