ރޭގެ މެޗުތައް ކާމިޔާބުކޮށް ތަންގަނޑު އެފްސީއާއި ހަވާސްއިން ސެމީގެ އުއްމީދު އާކޮށްފި!
ރޭގެ މެޗުތައް ކާމިޔާބުކޮށް ތަންގަނޑު އެފްސީ އަދި ހަވާސް އެސްސީން މުބާރާތުގެ ސެމީގެ ޖާގައެއް ކަށަވަރުކުރުމާއި ގާތައް ޖެހިލައިފިއެވެ.   ރޭގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ގުރޫޕް އޭގެ ތަންގަނޑު އެފްސީ އަދި ރޯވާސް އެފްސީއެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗު 6 – 1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ތަންގަނޑު އެފްސީ އެވެ. މެޗުގައި ތަންގަނޑު އެފްސީގެ އަލީ ހާފިޒް އަދި ރަޝާދު ވަނީ ކޮންމެ ކުޅުންތެރިޔަކު 3 ގޯލް ކާމިޔާބުކޮށްދީފައެވެ. ރޯވާސްގެ ހަމައެކަނި ގޯލް ކާމިޔާބުކޮށްދިނީ ޒައިން ސަމީރެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ތަންގަނޑުގެ އަލީ ހާފިޒް އެވެ.   ރޭގެ ދެވަނަ މެޗުގައި ބައްދަލުކުރީ ގުރޫޕް ބީގެ ހަވާސް އެސްސީ އަދި އައިވެންޓަސްއެވެ. މި މެޗު 3 – 1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ހަވާސް އެސްސީއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ހަވާސްގެ ނާޖިހު މުޙައްމަދު 2 ގޯލް ކާމިޔާބުކޮށްދިންއިރު އަނެއް ގޯލް ކާމިޔާބުކޮށްދިނީ އަބުދުލް މުހައިމިނެވެ. އައިވެންޓަސްގެ ހަމައެކަނި ގޯލް ކާމިޔާބުކޮށްދިނީ އަބުދުﷲ ރަޝީދެވެ.   މުބާރާތުގައި މިރޭ 22:00 ގައި ބައްދަލުކުރާނީ ގުރޫޕް އޭގެ ރޯވާސް އެފްސީ އަދި ޖޯލި މޯލްޑިވްސް އެވެ. ދެވަނަ މެޗުގައި 23:00ގައި ބައްދަލުކުރާނީ ގުރޫޕް ބީގެ ބުންވަރު އެފްސީ އަދި ހަވާސް އެސްސީއެވެ.   މި މުބާރާތުގެ މެއިން ސްޕޮންސަރއަކީ ލިޓަސްއެވެ. މިޑިއާ ޕާރޓްނަރަކީ މީދޫ ޓައިމްސްއެވެ.
ކިޔުންތެރިންގެ ހިޔާލް

2019-09-02 08:35:21
figo
kobaa live nukuraanee kiyvey
އެންމެ މަގުބޫލު: 7 ދުވަސް

...