ޖޯލި މޯލްޑިވްސް އަދި ހަވާސްއިން ރޭގެ މެޗުތައް ކާމިޔާބުކޮށްފި!
ޖޯލި މޯލްޑިވްސް އާއި ހަވާސް އެސްސީން ރޭގެ މެޗުތައް ކާމިޔާބުކޮށްފިއެވެ.   ރޭގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ޖޯލި މޯލްޑިވްސް އަދި ލިންކޭޖް ބްރަދާސްއެވެ. މި މެޗު 5 – 3 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޖޯލި މޯލްޑިވްސްއެވެ. މި މެޗުގައި ޖޯލީގެ 2 ގޯލް މުސްލިމް މުޙައްމަދު ކާމިޔާބުކޮށްދިންއިރު އަޙުމަދު އީސާ، ޝަހާއު އަދި މޫސާ ސުމޫހު ވަނީ ކޮންމެ ކުޅުންތެރިޔަކު ގޯލެއް ކާމިޔާބުކޮށްދީފައެވެ. ލިންކޭޖް ބްރަދާސްގެ ދެ ގޯލް ހުސައިން ރަޝީދު ކާމިޔާބުކޮށްދިންއިރު އަނެއް ގޯލް ކާމިޔާބުކޮށްދިނީ ހުސައިން އަޔާޒެވެ. މި މެޗުގެ މޮޅު ކުޅުންތރިޔަކަށް ހޮވުނީ ޖޯލި މޯލްޑިވްސްގެ މުސްލިމް މުޙައްމަދެވެ.   ރޭގެ ދެވަނަ މެޗުގައި ގުރޫޕް ބީގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ހަވާސް އެސްސީ އަދި ކުޑަފުށި ރިސޯޓެވެ. މި މެޗު 3 – 1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ހަވާސް އެސްސީ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު އަޙުމަދު އައިހަމް މެޗުގައި ދެ ގޯލް ކާމިޔާބުކޮށްދިންއިރު އަނެއް ގޯލް ކާމިޔާބުކޮށްދިނީ ނާޖިޙު މުޙައްމަދެވެ. ކުޑަފުށީގެ ގޯލް ކާމިޔާބުކޮށްދިނީ އަބުދުލް މަންނާނެވެ.   މުބާރާތުގެ މިރޭ 22:00 ގައި ބައްދަލުކުރާނީ ރޯވާރސް އެފްސީ އަދި ތަންގަނޑު އެފްސީއެވެ. ދެވަނަ މެޗުގައި 23:00  ބައްދަލުކުރާނީ ގުރޫޕް ބީގެ ދެ ޓީމްކަމަށްވާ އައިވެންޓަސް އަދި ހަވާސް އެސްސީއެވެ.   މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ލިޓަސްއެވެ. މުބާރާތުގެ މީޑިއާ ޕާރޓްނަރަކީ މީދޫ ޓައިމްސްއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...