ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އަޙްމަދު ހަސަން، ހަސަންޓޭ އެމް.ޑީ.ޕީ ދޫކުރައްވާ ވެރިކަން ކުރާ ޕާޓީ ޕީ.އެން.ސީއަށް ސޮއި ކޮށްފިއެވެ.

އެމް.ޕީ ހަސަންޓޭ ޕީ.އެން.ސީއަށް ސޮއިކޮށް ޕާޓީގެ ފޯމު ހަވާލުކުރައްވާފައިވަނީ ޕީ.އެން.ސީގެ ރައީސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާއެކީ އެވެ. ޕީ.އެން.ސީއަށް ސޮއި ކުރެއްވުމަށްފަހު ހަސަންޓޭ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކު ޕީ.އެން.ސީގައި ހުންނަވާނެކަމަށެވެ.

އެމް.ޕީ ހަސަންޓޭ ވަނީ މީގެ ކުރިން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމް.ޑީ.ޕީގެ ފަރާތުން އިނގުރައިދޫގެ ދާއިރާއަށް ވާދަކުރާނެކަންވެސް އިޢުލާން ކުރައްވާފައެވެ.

ހަސަންޓޭގެ އިތުރުން އެމް.ޑީ.ޕީގެ އިތުރު 13 މެމްބަރެއްވެސް ވަނީ ދާދިފަހުން ޕީ.އެން.ސީއާއި ގުޅިވަޑައިގެންފައެވެ.