މަރާމާތަށް ބަންދުކޮށްފައިވާ ޒިންނޫރައިނި މިސްކިތް ހުޅުވެންދެން ފިރިހެނުން ނަމާދު ކުރުމަށް މަސްޖިދުއްސަލާމް ހުޅުވައިފިއެވެ.

ކައުންސިލުން މިއަދު ބުނީ، ޒިންނޫރައިނި މިސްކިތުގެ މަރާމާތުގެ މަސައްކަތް ނިންމާ މިސްކިތް ހުޅުވެންދެން ވަގުތީ ގޮތުން މަސްޖިދުއްސަލާމުގައި ފިރިހެނުން ނަމާދު ކުރަން މިސްކިތް ހުޅުވާލާފައިވާކަމަށެވެ.

މަސްޖިދުއް ޒިންނޫރައިނި ވަގުތީ ގޮތުން ބަންދުކޮށް ކުރަމުން އަންނަ މަސައްކަތަކީ މިސްކިތުގެ ޖާލިތައް ބެއްދުމާއި މިސްކިތް ސީލިންގ ކުރުމުގެ މަސައްކަތެވެ.

ޒިންނޫރައިނި މިސްކިތް ބަންދުކޮށްފައި ހުންނަ ދުވަސްތަކުގައި ފަލާޙު މިސްކިތުގައި ހުކުރު ނަމާދު ކުރާގޮތަށް ކައުންސިލުން ވަނީ ނިންމާފައެވެ.