ތަންގަނޑު އެފްސީ އަދި ރޯވާސްއިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި!
އެންމެ ފަހުގެ ޗެމްޕިއަން ތަންގަނޑު އެފްސީ އަދި ރޯވާރސް އެފްސީން މޮޅަކާއިއެކު މުބާރާތް ފަށައިފިއެވެ. ރޭގައި ކުޅެފައިވަނީ ގުރޫޕް އޭގެ ދެ މެޗެވެ.   ފުރަތަމަ މެޗުގައި ބައްދަލުކުރީ ތަންގަނޑު އެފްސީ އަދި ލިންކޭޖް ބްރަދާސްއެވެ. މި މެޗު 6 – 2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ތަންގަނޑު އެފްސީއެވެ. މި މެޗުގައި ތަންގަނޑުގެ 4 ގޯލް ރަޝާދު އަބުދުލް މަތީން ކާމިޔާބުކޮށްދިންއިރު އަނެއް ދެ ގޯލް ކާމިޔާބުކޮށްދިނީ ރިޝްވާން އަޙުމަދެވެ. ލިންކޭޖް ބްރަދާސްގެ ދެ ގޯލް ކާމިޔާބުކޮށްދިނީ ހުސައިން އަޔާޒެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ތަންގަނޑު އެފްސީގެ ރަޝާދު އަބުދުލް މަތީނެވެ.   ރޭގެ ދެވަނަ މެޗުގައި ބައްދަލުކުރީ ރޯވާރސް އެފްސީ އަދި ޓީމް އެޕަލްއެވެ. މި މެޗު 4 – 2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ރޯވާރސް އެފްސީއެވެ. ރޯވާރސްގެ 3 ގޯލް ކާމިޔާބު ކޮށްދީފައިވަނީ ޝަމްވީލް މުޙައްމަދެވެ. އަދި އަނެއް ގޯލް ކާމިޔާބުކޮށްދީފައިވަނީ މުޙައްމަދު އަނާނެވެ. ޓީމް އެޕަލްގެ ގޯލްތައް ކާމިޔާބުކޮށްދިނީ އަލީ ރަޝީދު އަދި މޫސާ ރަޝާދެވެ.   މި މުބާރާތުގެ ދެ މެޗެއް މިރޭވެސް ކުޅުމަށްވަނީ ހަމަޖެހިފައެވެ. 22:00 ގައި ބައްދަލުކުރާނީ ގުރޫޕް އޭގެ ދެ ޓީމްކަމަށްވާ ލިންކޭޖް ބްރަދާސް އަދި ޖޯލި މޯލްޑިވްސްއެވެ. ދެވަނަ މެޗުގައި 23:00ގައި ބައްދަލުކުރާނީ ގުރޫޕް ބީގެ ދެ ޓީމް ކަމަށްވާ ހަވާސް އެސްސީ އަދި ކުޑަފުށި ރިސޯޓެވެ.   މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ލިޓަސްއެވެ. މުބާރާތުގެ މީޑިއާ ޕާރޓްނަރަކީ މީދޫ ޓައިމްސްއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...