ދައުލަތުގެ އެކި އިސް މަޤާމުތަކުގައި 35 އަހަރުގެ ތަޖުރިބާއާއެކު ރ. މީދޫ ކޮއެލު، އިސްޙާޤު އަޙްމަދުގެ ހިދުމަތުގެ ޙަޔާތުގައި މިހާރު އެންމެ ކުރަން ބޭނުންވެލައްވާ ކަމަކީ ދާއިރާއަށް ރަނގަޅު ޙިދުމަތެއް ކޮށްދިނުމެވެ. މިކަމަށް އަމާޒުކޮށް ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި މަޑުއްވަރީ ދާއިރާއަށް ވާދަ ކުރުމަށް ޕީ.ޕީ.އެމް/ޕީ.އެންސީ ޕްރައިމަރީގައި އިސްހާޤު ވާދަކުރައްވާނެއެވެ.

އިސްޙާޤު ފާހަގަކޮށްލެވިފައިވަނީ އެކި ރޮނގުތަކުން ގިނަ ތަޖުރިބާތަކެއް ހޯދައްވާފައިވާ ފަރާތެއްގެ ގޮތުގައެވެ. އިނގިރޭސިވިލާތުގެ ޔުނިވާސިޓީއަކުން މާސްޓާސް ފުރިހަމަ ކުރެއްވުމުގެ އިތުރުން، އިސްހާޤުވަނީ އިތުރު ދިހަ ޤައުމަކުން އެކި ދާއިރާތަކުން ތަމްރީނާއި ތަޖުރިބާ ހާސިލް ކުރައްވާފައިވެއެވެ.

އިސްހާޤުގެ މަސައްކަތު ތަޖުރިބާއަށް ބަލާލައިރު، ދައުލަތުގެ އެކި އިސް މަޤާމުތަކެއް ފާއިތުވެދިޔަ 35 އަހަރުގެ ތެރޭގައި ފުރުއްވާފައިވެއެވެ. އޭގެ ތެރޭގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމާއި ކޮމިއުނިކޭޝަންސް މިނިސްޓްރީގެ ޑިރެޖްޓަރ ޖެނެރަލްގެ މަޤާމާއި، މިނިސްޓްރީ އޮފް ހޯމް އެފެއާޒް އަދި ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރގެ މަޤާމުވެސް ފުރުއްވާފައިވެއެވެ. މީގެ އިތުރުން މާލެ މުނިސިޕަލިޓީގައި ސާވެޔާގެ މަޤާމުން ފެށިގެން މާލެ ސިޓީ ކައުންސިލްގެ ޑިރެކްޓަރގެ މަޤާމުވެސް އިސްހާޤު ވަނީ އަދާކުރައްވާފައެވެ.

ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ދުވަހު ޤައުމަށް އަދި ޕާޓީއަށް ހިދުމަތް ކޮށްފައިވާ ކެންޑިޑޭޓަކީ އަޅުގަނޑު. ދައުލަތަށް ހިދުމަތްކުރުމުގެ ގިނަ ތަޖުރިބާތަކާއެކު ދާއިރާއަށް ހިދުމަތް ކުރުމަށް މިހުރީ ތައްޔާރަށް: އިސްޙާޤު

އިސްހާޤުގެ ގިނަ ތަޖުރިބާއާއެކު ދާއިރާއާއިމެދު އިސްހާޤުގެ އެންމެ ބޮޑު ތަސައްވަރަކީ ދާއިރާގެ ޒުވާނުންނަކީ ފަންނުވެރި. ކޮންމެ ދާއިރާއަކުންވެސް އެންމެ މަތީ ފަންތީގެ ވަޒީފާތަކަށް ދެވޭނެ ޤާބިލް ޒުވާނުންނަށް ހެދުމާއި ޒުވާނުންނަށް އެ ޤާބިލްކަން ލިބޭނެ މަގު ތަނަވަސްކޮށްދެއްވުމެވެ.

އިސްހާޤުގެ އެދިލެއްވުމަކީ ދާއިރާގެ ގޮނޑިއަށް ތަޖުރިބާހުރި ބޭފުޅެއް ހޮވުމަށް ޕީ.ޕީ.އެމް/ޕީ.އެން.ސީގެ މެމްބަރުން އިސްހާޤަށް ވޯޓު ދެއްވުމެވެ.

ނޯޓް: މިއީ އެޑްވަޓޯރިއަލް އާޓިކަލްއެކެވެ.