ތަންގަނޑު އެފްސީއަށް ހާއްޕެ، ފުރަތަމަ މެޗު މިރޭ!
އެމް.އީ.ސީ ފުޓްސަލް ފިއެސްޓާގެ ތަށި ދިފާއުކުރުމަށް ތަންގަނޑު އެފްސީން ޓީމު ވަރުގަދަކޮށް ދިވެހިރާއްޖޭގައި މިވަގުތު ހުރި އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާ އަލީ ހާފިޒް ( ހާއްޕެ ) އާއި އެކު މިރޭ މުބާރާތަށް ނިކުންނާނެއެވެ.   ރ. އިނގުރައިދޫއަށް އުފަން އަލީ ހާފިޒް އެންމެ ފުރަތަމަ ފުޓްބޯޅަ ދަނޑަށް ނިކުތީ 2014ވަނަ އަހަރު އޯލް ޔޫތް ލިންކޭޖާއި އެކީއެވެ. އޭގެ ފަހުން އޭނާ ވަނީ ޓީސީ ސްޕޯޓްސް ކުލަބަށްވެސް ކުޅެފައެވެ. 2017 ވަނަ އަހަރު އޭނާވަނީ ހަމައެކަނި ފުޓްސަލްއަށް ހުސްވެފައެވެ. އޭގެފަހުން ރާއްޖޭގެ އެކި ހިސާބުތަކުގައި ބާއްވަމުންދާ މުބާރާތްތަކުގައި ކުޅެ އޭނާދަނީ ތަފާތު ދައްކަމުންނެވެ. ގިނަ މުބާރާތްތައްވެސް ކާމިޔާބުކުރަމުންނެވެ. ބޭންކު އޮފް މޯލްޑިވްސް އާއިއެކު މިއަހަރު ބޭއްވި ކުލަބް މޯލްޑިވްސް ކަޕް ކާމިޔާބުކޮށް ހާއްޕެ ވަނީ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދާފައެވެ، އަދި އޭނާވަނީ މުބާރާތުގައި 13 ގޯލްވެސް ކާމިޔާބުކޮށްފައެވެ.    ތަންގަނޑު އެފްސީގެ ކޯޗް އަޙުމަދު އާމިރު އެމް.ޓީ އާއި ވާހަކަ ދައްކަމުން ބުނި ގޮތުގައި އަމާޒަކީ ތަށި ދިފާއުކުރުން ކަމަށާއި ރާއްޖޭގެ ފުޓްސަލް ކިންގާއި އެކު ތަންގަނޑު އެފްސީ ކުރިއަށްވުރެ ތަފާތުވާނެކަމަށެވެ.   މުބާރާތުގެ ފުރަތަމަ މެޗުގައި ތަންގަނޑު މިރޭ ބައްދަލުކުރާނީ ލިންކޭޖް ބުރަދާސްއާ އެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ 22:00 ގައެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...