9 ޓީމާއިއެކު އެމް.އީ.ސީ ފުޓްސަލް ފިއެސްޓާ މިރޭ ފަށަނީ!
ޖުމްލަ 9 ޓީމާއިއެކު އެމް.އީ.ސީ ފުޓްސްލް ފިއެސްޓާ މިރޭ ފެށުމަށްވަނީ ހަމަޖެހިފައެވެ.   2 ގުރޫޕަކަށް ބަހާލައިގެން ކުޅޭ މިމުބާރާތުގެ ގުރޫޕް އޭގައި ހިމެނެނީ ތަންގަނޑު އެފްސީ، ލިންކޭޖް ބުރަދާސް، ޓީމް އެޕަލް، ރޯވާރސް އެފްސީ އަދި ޖޯލި މޯލްޑިވްސްއެވެ. އަދި ގުރޫޕް ބީގައި ހިމެނެނީ ކުޑަފުށި، ހަވާސް އެސްސީ، އައިވެންޓަސް އަދި ބުންވަރު އެފްސީއެވެ.   ގުރޫޕް އޭގެ ފުރަތަމަ  މެޗުގައި މިރޭ 22:00ގައި ބައްދަލު ކުރާނީ މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ތަންގަނޑު އެފްސީ އަދި މުބާރާތުގައި އަލަށް ވާދަކުރާ ލިންކޭޖް ބްރަދާސްއެވެ. މި މެޗު މީދޫ ޓައިމްްސްގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ލައިވްކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި މިރޭ 23:00 ގައި ބައްދަލުކުރާނީ ރޯވާރސް އެފްސީ އަދި ޓީމް އެޕަލް އެވެ.   މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ލިޓަސް އެވެ.އިތުރު ސްޕޮންސަރުންނަކީ ރާޅު މޯލްޑިވްސް، މަގުސަދު އިންވެސްޓްމަންޓް، ބުލޫ ވޭވްސް، އަވި، ކެޕްޓަން މޯލްޑިވްސް، އައިސް ކިއު، ސްކައި ވޭވް، ޑިފަރެންސް، ހެޕީ ކޯން، މަކިއާތޯ، ސްކައި ބުލޫ ފާމަސީ، ސްޓޭ ސެއިލް އަދި ފެމެލީ ޕެރެގަންއެވެ.   މި މުބާރާތުގެ މީޑިއާ ޕާރޓްނަރަކީ މީދޫ ޓައިމްސްއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...