މަރާމާތުގެ މަސައްކަތްތަކެއް ކުރުމަށް ޒިންނޫރައިނި މިސްކިތް ބަންދުކޮށްފިއެވެ.

މީދޫ ކައުންސިލުން ބުނީ، ޒިންނޫރައިނި މިސްކިތް ސީލިންގ ކުރުމަށާއި ޖާލިތައް ބެއްދުމަށް އަދި ދޮރާއި ދޮރުފަތް ހަރުކުރުމަށް މިއަދުން ފެށިގެން ވަގުތީ ގޮތުން މިސްކިތް ބަންދުކޮށްފައިވާކަމަށެވެ. ޒިންނޫރައިނި މިސްކިތް ބަންދުކޮށްފައި ހުންނަ ދުވަސްތަކުގައި ހުކުރު ނަމާދު ކުރުން ފަލާޙު މިސްކިތުގައި ކުރިއަށްދާނެ ކަމަށް ކައުންސިލުން ބުނެފައިވެއެވެ.

ޒިންނޫރައިނި މިސްކިތުގެ މަރާމާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރިޔާޒް އިންވެސްޓްމެންޓާއެވެ. މަސައްކަތް އެއްކޮށް ނިންމާ މިސްކިތް އަލުން ހުޅުވާނެ ތާރީޚެއް ފަހުން އިޢުލާނު ކުރެވޭނެ ކަމަށް ކައުންސިލުން ބުނެފައިވެއެވެ.